ބިރުވެތިވޭ!: ބިންގަނޑު ތިބާ އަތުލައިގަނެ ޢަޛާބުދޭން ބޭނުންވާ މީހެއްގެ ގޮތުގައި މަރުވެ ވަޅުލެވޭ މީހަކަށް ސަލާމަތްކަމެއް ލިބޭނެ ގޮތެއް އޮންނާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ބިރުވެތިވޭ!: ބިންގަނޑު ތިބާ އަތުލައިގަނެ ޢަޛާބުދޭން ބޭނުންވާ މީހެއްގެ ގޮތުގައި މަރުވެ ވަޅުލެވޭ މީހަކަށް ސަލާމަތްކަމެއް ލިބޭނެ ގޮތެއް އޮންނާނެތަ؟

ބިންގަނޑަކީވެސް ﷲ ތަޢާލާގެ މަޚްލޫޤެކެވެ. ބިންގަނޑުވެސް ﷲ ތަޢާލާއަށް ތަސްބީޙް ދަންނަވަތެވެ. އެއަޑު އަހުރެމެންނަށް ނުއިވެނީއެވެ. ވީމާ ބިންގަނޑަށް ﷲ ތަޢާލާ ކުރައްވަވާ ކޮންމެ އަމުރުފުޅެއް ބިންގަނޑު ތަންފީޒުކުރާނެއެވެ.

އިންސާނާ މަރުވެ ހަށިގަނޑު ކައްވަޅުގައި ވަޅުލުމުން ނުބައިކޮށް އުޅުނު މީހުންނަށް ބިންގަނޑު ބުނާނެތެވެ.

"އޭ ﷲ ގެ އަޅާއެވެ! ﷲ ތަޢާލާ ތިބާ އުފައްދަވައި ބިމުގައި ލެއްވެވުމުން ހިތަށް އެރިހައި ގޮތަކަށް އުޅުނީ މަރުވެ ވަޅު ނުލެވޭނެ ކަމަށް ބަލައިގެން ހެއްޔެވެ؟ އަހަރެން ކަލެއަށް އިންތިޒާރު ކުރާތާ ހާދަހައިވާ ގިނަ ދުވަހެއް ވެއްޖެއެވެ. މިއަދު އެންމެފަހުން ތިއައޮތީ ކައްވަޅުގައެވެ. ކައްވަޅުގައި ހުރި ގަދަފަދަ ވޭނާއި އަޒާބު ބަލައި ލިބިގަންނަން އޮންނާށެވެ!"

 

އެހެން ބުނުމަށްފަހު ހަށިގަނޑު ފިއަތައިލާނެއެވެ. ކިހައިވަރަކަށްކަން އެނގޭ ހެއްޔެވެ؟ ހަށިގަނޑުގެ ދެ ފަރާތުގެ ކަށިތައް އެއްފަރާތުން އަނެއްފަރާތަށް ނުކުންނަވަރަށެވެ. އެކަމުގެ މިސާލު ދައްކަވަމުން ރަސޫލް (ﷺ) ވަނީ ކަނައަތްޕުޅުގެ އިނިގިލިފުޅުތައް ވައަތްޕުޅުގެ އިނިގިލިފުޅުތަކުގެ ތެރެއަށް މައްސަވައިލައްވަވައިފައެވެ.

އެކަމުން މީހާއަށް އަޅާނެ ވޭން ނިކަން އިޙްސާސްކޮށްލައިބަލާށެވެ! އެމީހެއްގެ ފާފަތައް ގިނަ ނަމަ މިފަދައިން ފިއްތަލެވޭނެ އަދަދު އިތުރުވާނެކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. އަދި ގިނަވެގެން ފިއްތައި ލެވޭނީ ކިތައް ފަހަރުކަން އެނގެން ނެތް ކަމަށްވެސް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން