ތަނަވަސްކަމަށް އެދިގެން ދުޢާކުރުމަކީ މައްސަލައެއް ނޫން! އެއީ ކުރުން ހުއްދަ ދުޢާއެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތަނަވަސްކަމަށް އެދިގެން ދުޢާކުރުމަކީ މައްސަލައެއް ނޫން! އެއީ ކުރުން ހުއްދަ ދުޢާއެއް!: މުފްތީ މެންކް

ތަނަވަސްކަމަށް އެދިގެން ދުޢާކުރުމަކީ ހުއްދަކަމެއްތޯ ބައެއް މީހުން ސުވާލުކުރެއެވެ. ޖަވާބަކީ ތަނަވަސްކަމަށް އެދިގެން ދުޢާކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެމިހާއަށް އުޅެވޭނެވަރުގެ ތަނަވަސްކަން ދެއްވެވުމުން އަދިވެސް އިތުރަށް ބޭނުންވެގެން ދުޢާކުރަންވާނީ ވަރަށް ހެޔޮ ނިޔަތުގައެވެ. މަޤްޞަދަކަށްވާންޖެހޭނީ ތަނަވަސްކަން އިތުރުކޮށްދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމެވެ. އަމިއްލަ ޖީބު އިތުރަށް ފުރައި ތަނަވަސްކަންމަތީގައި އުދުހުމެއް ނޫނެވެ.  

ތަނަވސްކަނަ ދެއްވެވުން އެދިގެން ދުޢާކުރުން ހުއްދައެވެ. މުހިންމީ ތަނަވަސްކަން ދެއްވެވުމުން ހެޔޮ ގޮތުގައި ބޭނުން ހިފުމެވެ. އެހެން މީހުންނަށްވެސް އެއިން ޙިއްޞާކޮށް އެހީތެރިވެދިނުމެވެ. ވީމާ ތަނަވަސްކަމަށް އެދިގެން ދުޢާކުރުމަކީ މައްސަލައެއް ނޫނެވެ.

ﷲ ތަޢާލާގެ މަގުގައި ހޭދަކުރާށެވެ! ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އެއީ އެއްވެސް މިންވަރަކަށް ޝައްކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެކެވެ. ވަޢުދުފުޅެކެވެ. މައްސަލައަކަށްވަނީ ތަނަވަސްކަން ލިބުމުން ދަހިވެތިވެ ﷲ ތަޢާލާގެ މަގުގައި ހޭދަނުކުރުމުންނެވެ.  

ތނަވސްކަން ލިބިގެންވާ މީހުން ބަލައިލަންޖެހޭނީ އެންމެ ކަމަކަށެވެ. އެއީ ތިމާއަށް ހޭދަމިކުރެވެނީ ރަނގަޅު މަގުގައިކަމެވެ. ރަނގަޅު ކަންކަމަށް ކަމެވެ. އެކަން ޔަޤިންކުރަން ވީހައި ބޮޑަށް މަސައްކަތްކުރަންވާނެއެވެ. ހޭދަކުރުމުގައި ދީލަތިވީވަރަކަށް އެމީހަކަށް ނިޢްމަތްތައް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން