ކޮންފަދަ ބޮޑު ދެރައެއް! ރަހްމަތުގެ މަލާއިކަތުން އެމީހަކާ ދުރުރުހެލިވެވަޑައިގަންނަވާނެ އެއް ސަބަބު-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކޮންފަދަ ބޮޑު ދެރައެއް! ރަހްމަތުގެ މަލާއިކަތުން އެމީހަކާ ދުރުރުހެލިވެވަޑައިގަންނަވާނެ އެއް ސަބަބު-!: މުފްތީ މެންކް

ވިސްނާށެވެ! އެމީހަކާއިއެކުގައި ރަޙްމަތުގެ މަލާއިކަތުން ވަނިކޮށް ޝައިޠޯނާއަކަށް ކައިރިއެއް ނުވެވޭނެއެވެ. އެހެންވެ ޝައިޠޯނާ އަބަދުވެސް މަސައްކަތްކުރާނީ ރަޙްމަތުގެ މަލާއިކަތުން އެމީހަކާއި ދުރަށް ވަޑައިގަންނަވާނެ ގޮތަށް އެމީހަކު ލައްވައި ކަންކަން ކުރުވުމަށެވެ. ނުއެނގި ތިބެ ގިނަ ބައަކު އެމަޅީގައި ޖެހެއެވެ. އެއީ ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ. 

ބައެއް މީހުންނަކީ ވަރަށް ހަރުކަށިކަމާއިއެކު ނުބައިބަސްތައް ބުނާ ބައެކެވެ. އަނެއްބައި މީހުންނަކީ ރަނގަޅު ވާހަކައެއް ދެއްކިނަމަވެސް ރިވެތިކޮށް ވާހަކަ ނުދައްކާ ބައެކެވެ. މިފަދަ ކޮންމެ ގޮތަކަށް ބެލިނަމަވެސް މިފަދަ މީހުންނާއި ކައިރިވާކަށް، އަދި އެމީހުން ދައްކާ ވާހަކަ އަޑުއަހާކަށްވެސް މީސްތަކުން ބޭނުމެއް ނުވާނެއެވެ. 

ދެން އެފަދަ މީހުންނާއި ކައިރިވެވަޑައިގަންނަވަން، އެމީހުން ދައްކާ ވާހަކަ އަޑުއައްސަވަން މަލާއިކަތުން ބޭނުންފުޅުވެވަޑައިނުގަންނަވާނެކަމަށް ބުނީމާ ތިއަ ވާހަކަ އޮތީ ކޮންފޮތަކުތޯ ސުވާލުކޮށްފާނެއެވެ. އެވާހަކަ ފޮތުގައި އެބަ އޮތެވެ. އެހެނީ މުސްލިމުންނަށް އުނދަގޫވާ ކަންކަމުން މަލާއިކަތްބޭކަލުންނަށް އުނދަގޫފުޅުވެވަޑައިގަންނަވާ ކަމަށް ޙަދީޘްފުޅުގައި އެބައޮތް ނޫން ހެއްޔެވެ؟ 

އެހެންކަމަށްވާއިރު އެމީހެއްގެ ކިބައިގައި ހުރި ނުބައިކަމަކުން މީސްތަކުންނަށް އުނދަގޫވެ އެމީހަކާއި ކައިރިވާން މީސްތަކުން ބޭނުން ނުވާނަމަ މަލާއިކަތުން އެމީހަކާއި ރުހިވަޑައިގެން ކައިރިވެވަޑައިގަންނަވާނީ ކިހިނަކުން ހެއްޔެވެ؟ 

އެހެންވީމާ މިވަނީ ކިހިނަކުން ހެއްޔެވެ؟ އެމީހާއަށް ޙިމާޔަތް ދެއްވަވަން ތިއްބެވި، ރަހްމަތުގެ މަލާއިކަތުން އެމީހަކާއި ދުރަށް ވަޑައިގަންނަވަނީއެވެ. މިއީ ކާކު އެދޭނެ ކަމެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދުލުން ނުބައި ބަސްތައް ބުނެ މީހުންނަށް އަޑުލައި ޒުވާބުކޮށް ނުހަދާށެވެ! އެކަމުގެ ސަބަބުން ތިމާއަށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެކަން މިދެއްކި ވާހަކަތަކުން އެނގިއްޖެ ނޫންހެއްޔެވެ؟ ވިސްނައި ޢަމަލުކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން   

މިއަދު އޮންލައިން