އަހުރެމެން ނަމާދުކުރަމެވެ. ރޯދަހިފަމެވެ. ދަމުނަމާދާއި އެހެންވެސް ސުންނަތް ނަމާދުތައްވެސް ކުރަމުއެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްވާން މަސައްކަތްވެސް ކުރަމުއެވެ. އެކަމަކު ބައެއް ކަންކަމަށް އިހްމާލްވަމުއެވެ. އެހެންވެ މިކިޔައިދެނީ އެފަދަ ކަމެއްގެ ވާހަކައެވެ.
ޙަދީޘްފުޅުގައިވަނީ "މުސްލިމަކަށް ލައްނަތްލުމަކީ އޭނާ މަރައިލުން" ކަމަށެވެ. ވިސްނައިލާށެވެ! ތިބާ އޭނާ މަރައެއް ނުލައެވެ. ނަމަވެސް ޙަދީޘްފުޅުގައި މިއޮތީ އޭނާ މަރައިލީ ކަމަށެވެ. ވީމާ މި ޙަދީޘް ބަސްފުޅުގެ މާނައަށް ބަލާށެވެ!
Abu Mas’ud reported: The Messenger of Allah, peace and blessings be upon him, said, “Cursing a believer is like killing him.”
Source: al-Adab al-Mufrad lil-Bukhārī 762
Grade: Sahih li ghayrihi (authentic due to external evidence) according to Al-Albani
އެ ބަސްފުޅުގެ މާނައަކީ މީހަކަށް ލަޢްނަތްލުމަކީ އޭނާ މަރައިލުން ފަދަ ބޮޑު ފާފައެއް ކަމަށެވެ!
ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ﷲ ތައާލާ އެމީހަކުދެކެ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ދެ ސިފައެއް ވެއެވެ. އެތަނުން އެއް ސިފައަކީ އަޚްލާޤް ނުބައިވުމާއި ޚާޢްޞަކޮށް އެމީހާގެ ދޫނުބައިވުމެވެ. މާނައަކީ ދުލުން ނުބައިބަސްތައް ބުނުމެވެ.
މީސްތަކުންނޭވެ! މިއަދު މިވަނީ ދެމަފިރިން އެކަކު އަނެކަކަށް ލައްނަތްދިނުން ޢާންމުކަމަކަށްވެފައެވެ. އެތަނުން ދަސްކޮށްގެން ދަރިން އެކަކު އަނެކަކަށް އެބަ ލަޢްނަތްދެއެވެ. ވީއިރު މިކުރެވޭ ބޮޑުވެގެންވާ ނުބައި ﷲާފައަށް ބިރުވެތިވާށެވެ.
އަދިވެސް ބުނަންހެއްޔެވެ؟ ތިބާ މަރުވެ ކައްވަޅަށް ދާންޖެހުނީއެވެ. ތިބާގެފުށުން މިނުބައި ޢަމަލު ދަސްވި ދަރިން ނުވަތަ އެހެން ބައަކު މީސްތަކުންނަށް ލަޢްނަތްދެމުން ގެންދަނީއެވެ. އެނގޭހެއްޔެވެ؟ އެކަމުގެ ޢަޛާބުން ތިބާއަށް ދާނީ ބައިއެލެމުންނެވެ.
މީސްތަކުންނޭވެ! މުސްލިމުންނަށް އޮތީ އެކަކު އަނެކަކާއި ބައްދަލުވުމުން ސަލާމްކުރުމެވެ. ހެޔޮ ދުޢާކުރުމެވެ. ކޮންމެ ނަމާދެއްގެ އައްތަޙިއްޔާތުގައި ދުޢާ މިކުރަނީ އެންމެހައި މުސްލިމުންނަށް ރަޙްމަތް ލެއްވެވުމަށެވެ. ވީއިރު މިފަދައިން ދުޢާކުރަމުން މުސްލިމް އަޚުންނަށް ލަޢްނަތް ދޭނީ ކޮންފަދައަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! މިއީ ވަރަށް ބިރުހުރިކަމެކެވެ! ބޮޑުވެގެންވާ ނުބައިފާފައެކެވެ. ނުބައިކަންބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވެސް ނުބައިކަން ބޮޑު ފާފައެކެވެ. ބިރުވެތިވެ ރައްކައުތެރިވެ ތިބުމަށް އެންމެހައި މުސްލިމުންނަށް ވަޞިއްޔަތް ކުރަމެވެ!
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން