މިމޭރުމުން ދުޢާކޮށް ޢަމަލުކުރުންމަތީގަ ހުރި މީހަކަށް ކާމިޔާބީ މިންވަރުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިމޭރުމުން ދުޢާކޮށް ޢަމަލުކުރުންމަތީގަ ހުރި މީހަކަށް ކާމިޔާބީ މިންވަރުކުރައްވަވާނެ! އިން ޝާ ﷲ

މުސްލިމް މައެއްގެ ބަނޑުން އުފަންވެ މުސްލިމެއްގެ ގޮތުގައި ތަރުބިއްޔަތުވާ މީހުންނާއި އަދި ފަހުން ނަމަވެސް އިސްލާމްވާ މީހުން ﷲ ތަޢާލާއަށް ދަންނަވަތެވެ!

"ޔާ ﷲ! އިސްލާމް ދީނުގެ ހިދާޔަތު މިއަޅާއަށް ދެއްވެވީ މިއަޅާ އެކަމަށް އެދިގެނެއް ނޫނެވެ! އިނބަ ﷲ ގެ ރަޙްމަތްފުޅުންނެވެ. ނަމަވެސް މިއަޅާ މިއަދު އިނބަ ﷲ ގެ ޙަޟްރަތުގައި ރޮއި އާދޭސް މިދަންނަވަނީ މިއަޅާއަށް ސުވަރުގެ ދެއްވެވުމަށެވެ.

ޔާ ﷲ! އިނބަ ﷲ ރުހިވޮޑިނުގަންނަވާ އެއްވެސް ކަމެއް ކުރަން މިއަޅާ ބޭނުމެއް ނުވެއެވެ. އިނބަ ﷲ ރުހިވޮޑިނުގަންނަވާ ކަންކަން ކުރުމަށް މިއަޅާ ޝައުޤުވެރިކުރުވާ ޝައިޠޯނުންތަކުގެ ކިބައިން މިއަޅާ ސަލާމަތްކުރައްވަވައި ދެއްވަވާނދޭވެ!

ޔާ ﷲ! އިނބަ ﷲ އިންސާނަކަށް ދެއްވަވާނެ އެންމެ ބޮޑު ނިޢްމަތް މިއަޅާއަށް ދެއްވަވައިފީމުއެވެ. އެކަމަށް މިއަޅާ އެއްވެސް މަސައްކަތެއްވެސް ކުރުމަކާއި ނުލައެވެ. އެއީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތެވެ!

ޔާ ﷲ! އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި މިއަޅާގެ ޙަޔާތް ވޭތިކުރުމުގެ ތައްފީޤް ދެއްވަވާނދޭވެ! އަދި އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މިއަޅާގެ ފުރާނަ ނުގެންދަވާނދޭވެ!"

ހަމައެކަނި މިމޭރުމުން ދެނަނެވުމަކުން ނުފުދޭނެއެވެ. މި ގޮތުގައި ޢަމަލުކުރުންމަތީގައި ހުންނާށެވެ! އިން ޝާ ﷲ އެމީހަކަށް ދެ ދުނިޔޭގައި ވެސް ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން