ހިތްދަތިކަން ކުރިމަތިވުމުން އެއީ ހަމަ ވަޤުތީކަމެއް ކަމަށް ބަލައި އުފަލުގަ ހުންނަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް އުފާވެރިކަން ދެއްވަވާނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހިތްދަތިކަން ކުރިމަތިވުމުން އެއީ ހަމަ ވަޤުތީކަމެއް ކަމަށް ބަލައި އުފަލުގަ ހުންނަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް އުފާވެރިކަން ދެއްވަވާނެ!

ހިތްދަތިކަމުގެ ވަޤުތުގައި ހަމަޖެހިގެން ހުރުން ނުވަތަ ކެތްތެރިވެގެން ހުރުން ގިނަ ބއަކަށް ވަނީ ބަރަށް އުނދަގޫ ކަމަކަށެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ހިތްދަތިކަން ކުރިމަތިވުމުން އެއީ ހަމަ ވަޤުތީކަމެއް ކަމަށް ބަލައި އުފަލުގައި ހުންނަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ 

ދިރިއުޅުމުގެ އެކިއެކި  މައިދާނުތައް ކަނޑައްތުކުރަމުންދާއިރު، ހީވެސްނުކުރާފަދަ ގޮތްގޮތުން މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ އަހަރެމެން އިމްތިހާނުކުރައްވަވާނެއެވެ. އެފަދަ ދަނޑިވަޅުތަކުގައިވެސް މިދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދުމަކުރާށެވެ. ހަޤީގީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަތުން އޮތީ އާޚިރަތުގެ ކާމިޔާބީންނެވެ. 

އަހަރެމެންނަށް ކުރިމަތިވާ އެފަދަ ހިތްދަތި ކަންކަމުގެ ސަބަބުން ހިތްވަރުދޫނުކުރަން ކީރިތި ޤުރުޢާނުގެ މޫރިތި އާޔަތްތައް އަބަދުވެސް ހަނދާންކޮށްދެއެވެ. 

آل عمران ގެ 139ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ދެރަވެ ނިކަމެތިނުވާށެވެ! އަދި ތިޔަބއިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަންބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އެއީ ތިޔަބައިމީހުން މުއުމިނުންކަމުގައި ވާނަމައެވެ." 

އެހެންކަމުން، އުފާވެރިކަމާއި ހިތްދަތިވެގެންވާ ހާލުވެސް އެކަލާނގެއަށް ހިތް ޚާލިޞްކޮށް ހެޔޮ ޢަމަލުތައްކުރުންމަތީ ދެމިހުންނާށެވެ. މިދުނިޔެއަކީ ވަގުތީ އުފަލެއްކަން އަބަދުވެސް ހަނދާންކުރާށެވެ. ޙަޤީގީ ކާމިޔާބާއި ފަލާޙު ލިބެންއޮތީ އާޚިރަތް ކާމިޔާބު ކުރެވިއްޖެނަމައެވެ.

سورة النساء ގެ 13 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "...މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތަކައް ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ." 

އެކަލާނގެއީ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަހަރެމެން ދުނިޔޭގައި ހޭދަކުރަމުންދާ ޙަޔާތުގައި ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި މިންވަރުފުޅުގައި ނުވާ ކަމެއް ކުރިމަތިނުވާނެކަން އަބަދުވެސް ޔަޤީންކުރަންވާނެއެވެ. ހިތްތަކަށް އުފާވެރިކަން ލިބުން ވަނީ އެކަންކަން ޤަބޫލުކޮށްގެން ހުރުމުންނެވެ.

މިއަދު އޮންލައިން