ކަރުނައަޅަން ޖެހިއްޖެނަމަ އެއީ މީހަކު ކުރިމަތިކުރުވި ކަމެއްކަމަށް ނުދެކި ﷲ ގެ ފަޅިއަށް ބޮޑަށް ޖެހިލާ މީހުންނަށް ދެރައެއް ދެވޭނެ އެކަކުވެސް ނުހުންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކަރުނައަޅަން ޖެހިއްޖެނަމަ އެއީ މީހަކު ކުރިމަތިކުރުވި ކަމެއްކަމަށް ނުދެކި ﷲ ގެ ފަޅިއަށް ބޮޑަށް ޖެހިލާ މީހުންނަށް ދެރައެއް ދެވޭނެ އެކަކުވެސް ނުހުންނާނެ! އިން ޝާ ﷲ

ދިރިއުޅުން ބިލާހަކަށްވީއެވެ. ކައިވެނި ރޫޅުނީއެވެ. އެކަނިވެރިވީއެވެ. އެކަނިވެރި މައަކަށްވެސްވީއެވެ. މިއިން އެއްވެސް ކަމަކަށް ކަންބޮޑުވެ ފަހަތަށް ނުޖެހޭށެވެ. އެފަދަ ޙާލަތެއް ކުރިމަތިވެ ކަރުނައަޅަން ޖެހިއްޖެނަމަ އެއީ މީހަކު ކުރިމަތިކުރުވި ކަމެއްކަމަށް ނުދެކި ﷲ ގެ ފަޅިއަށް ބޮޑަށް ޖެހިލާ މީހުންނަށް ދެރައެއް ދެވޭނެ އެކަކުވެސް ނުހުންނާނެ! އިން ޝާ ﷲ 

އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ރޮވުނުހައި ގިނައަކުން ރޯށެވެ! އޮއްސުނުހައި ގިނައަކުން ކަރުނަ އޮއްސާށެވެ! އެކަމަކު ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ!  

ދިރިއުޅުމުގައި ދަތިތަކާއި ހިތްހަމަނުޖެހުން ކުރިމަތިވެފައިވާ ސަބަބަކީ ﷲ ތަޢާލާ ތިމާދެކެ ލޯބިވެވޮޑިގަންނަވާތީކަން ޔަޤީންކުރާށެވެ! ޔަޤީންކުރެވޭނަމަ ކުރަން އޮތް ކަމަކީ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ދުޢާކުރުން ގިނަކުރުމެވެ.  

ރަމަމާން ަމހު ގިނަ ބައަކު ހެޔޮ ޢަމަލުތައް ކުރުން ގިނަކުރިއެވެ. ރޭއަޅުކަންކުރުން ގިނަކުރިއެވެ. ދުޢާކުރުން ގިނަކުރިއެވެ. ހިތާމައަކީ ރަމަޟާންމަހަށްފަހު ގިނަ ބައަކު އެކަންކަމާއި ދުރުހެލިވާކަމެވެ. އެއްގޮތަކަށްވެސް އެގޮތަށް ކަންތައް ނުކުރާށެވެ! ދިރިހުރިހާ ދުވަހަކު ހަމަ އެގޮތަށް ކަންކަން ކުރަމުން ގެންދާށެވެ.  

ﷲ ތަޢާލާ ތިބާއަށް ހިތްދަތިކަން ކުރިމަތިކުރައްވަވަނީ އެއްވެސް ޙާލެއްގައި ތިބާ ދެރަކޮށް ނިކަމެތިކުރައްވަވާކަށް ނޫނެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރުމަށެވެ. އެކަން ކުރީމާ ތިބާއަށް ބޭނުންވެގެން ތިއައުޅޭ ހުރިހާ ކަންކަން ހިންމަވައި ދެއްވަވާނެތެވެ. ތަނަވަސްކަމާއި އުފާވެރިކަންވެސް ދެއްވަވާނެތެވެ. މާރަނގަޅު ބައިވެރިއަކުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން