އެނގުން މުހިންމު ކަންކަމުގެ ތެރެއިން ކީރިތި ޤުރްއާނަށް ޚާޢްސަވެގެންވާ ޢިލްމުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އެނގުން މުހިންމު ކަންކަމުގެ ތެރެއިން ކީރިތި ޤުރްއާނަށް ޚާޢްސަވެގެންވާ ޢިލްމުތައް-

ޢާއިޝަތު ރަފާޙް ޢަލީކީރިތި ޤްރްއާން ކިޔަވާލަން އެނގުމަކުން ނުފުދޭނެއެވެ. ޤުރްއާނުގެ ޢިލްމްތައް އުނގެނެން މަސައްކަތްކުރަންޖެހެއެވެ. އެއަށްވުރެ މަތިވެރިކަން ބޮޑު ކަމެއް މުސްލިމުންނަކަށް ނެތެވެ.

ކީރިތި ޤުރްއާނަކީ އެއްވެސް ޝައްކެއް ނެތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން މުތަވާތިރުކޮށް ނަގުލު ކުރެވިގެން މުސްހަފުތަކުގައި ލިޔެވިފައިވާ ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ބާވައިލެއްވި ﷲ ގެ ކަލާމްފުޅެވެ. 

ކީރިތި ގުރްއާނުގެ ވަރަށް ގިނަ ޢިލްމުތައް ހުރެއެވެ. މި ލިޔުމުގައި މި ބަޔާން ކޮށްލަނީ ކީރިތި ގުރްއާނަށް ޚާޢްސަވެގެނެވާ ބައެއް ޢިލްމުތަކެވެ. 

ޢިލުމުލް ތަފްސީރް: މިއީ ކީރިތި ޤުރްއާނުގެ މާނަ އާއި އާޔަތްތަކުގެ މާނަ އާއި ނެގޭ ޙުކުމްތަކާއި ބަސްބަހުގެ މާނަ އަންގައިދޭ ޢިލްމެވެ. 

ޢިލްމުލް ޤިރާއާތު: މިޢިލްމުގައި ހިމެނެނީ ތަފާތު ޤިރާއާތްތުން ކިޔެވުމެވެ.

ޢިލްމުއް ތަޖްވީދު: މި ޢިލްމުގައި ހިމެނެނީ ކީރިތި ޤުރްއާން ކިޔަވަންވީ ގޮތާއި، ތަޖްވީދުގެ ހުކުމްތަކެވެ. 

އިޢްރާބުލް ޤުރްއާން: މި ޢިލްމުގައި ހިމެނެނީ ކީރިތި ގުރްއާނުގައި ފިލިޖަހަންވީ ގޮތެވެ.

ފަޟާއިލުލް ޤުރްއާން: މި ޢިލްމުގައި ހިމެނެނީ ކީރިތި ޤުރްއާނުގެ މާތްކަމާއި، ވަކިވަކި އާޔަތްތަކާއި ސޫރަތްތަކުގެ މާތްކަން ބަޔާންކުރެވިފައެވެ. 

މުޢްޖިޒަތުލް ޤުރްއާން: މި ޢިލްމުގައި ހިމެނެނީ ކީރިތި ޤުރްއާނަކީ މުޢުޖިޒާތެއްކަމާއި، ކީރިތި ގުރްއާނުގައިވާ މުޢުޖިޒާތްތަކުގެ ވާހަކައެވެ. 

ޖަމްޢުލް ޤުރްއާން: މި ޢިލްމުގައި ހިމެނެނީ ކީރިތި ޤުރްއާން ޖަމްޢު ކުރެވުނު ގޮތެވެ. 

ރަސްމުލް ޤުރްއާން: މި ޢިލްމުގައި ހިމެނެނީ ކީރިތި ޤުރްއާން ލިޔަންވީ ގޮތާއި، އިމްލާ ކުރާނެ ގޮތެވެ. 

އުސްލޫބުލް ޤުރްއާން: މި ޢިލްމުގައި ހިމެނެނީ ކީރިތި ޤުރްއާނުގައި އައިސްފައިވާ ތަފާތު އުސްލޫބުތަކުގެ ވާހަކައެވެ. 

އަސްބާބުއް ނުޒޫލް: މި ޢިލްމުގައި ހިމެނެނީ ކީރިތި ޤުރްއާނުގެ އެކި އެކި އާޔަތްތައް ބާވައިލެއްވުނު ސަބަބުތަކުގެ ވާހަކައެވެ. 

މައްކީ އަދި މަދަނީ: މި ޢިލްމަކީ މައްކީ ސޫރަތްތަކާއި މަދަނީ ސޫރަތްތައް ބަޔާންކުރާ ޢިލްމެވެ.

 

މިއަދު އޮންލައިން