އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.
މިއަދުގެ ސުވާލު:
ރަމަޟާން މަސް ނިމުމުން ޞަޙާބީން އެންމެ ގިނައިން ދުޢާކުރެއްވެވީ ކޮންކަމަކަށްތަ؟
އެހީ:
ރަމަމާން މަސް ނިމުމުން ޞަޙާބީން އެންމެ ގިނައިން ދުޢާކުރެއްވެވީ ރަމަޟާން މަހު ކުރެއްވުނު އަޅުކަން ޤަބޫލުފުޅުކޮށްދެއްވެވުން އެދިވަޑައިގެންނެވެ.
އަހަރުގެ 6 މަސްދުވަހު އެގޮތަށް ދުޢާކުރައްވައެވެ. އަނެއް 6 މަސް ދުވަހު ދުޢާކުރައްވަވަނީ އަންނަ ރަމަޟާންމަހާއި ބައްދަލުކުރެއްވެވުމުގެ ފުރުޞަތު އެދިވަޑައިގެންނާއި އެރަމަޟާންމަހު ވީހާ ގިނައިން އަޅުކަންކުރެއްވެވުމުގެ ތައުފީޤް ދެއްވެވުން އެދިވަޑައިގެންނެވެ.
އެހެންކަމުން މުޅި އަހަރުގައިވެސް ޞަޙާބީން އެންމެ ބޮޑަށް ސަމާލުކަން ދެއްވާފައިވަނީ ރަމަޟާން މަހަށެވެ.
ބައެއް ޢިލްމްވެރިން ވިދާޅުވަނީ ކޮންމެ އަޅުކަމަކަށްވެސް އޮތީ އަވަސްވެގަތުން ކަމަށެވެ.
ހަމަ އެއާއިއެކު ބައެއް ޢިލްމްވެރިން ވިދާޅުވަނީ ފުރަތަމަ ގެއްލުނު ރޯދަތައް ހިފައި ހަމަކުރުމަށްފަހު 6 ރޯދަ ހިފުމަށެވެ. އަދި ރަމަޟާން މަހުގެ ހުރިހާ ރޯދަތަކެއް ހިފުނުކަމަށްވާނީ ޤަޟާކުރަންޖެހޭ ރޯދަތައް ޤަޟާކޮށް ނިންމުމުން ކަމަށެވެ. އަނެއްބައި ޢިލްމްވެރިން ވިދާޅުވަނީ ގެއްލުނު ރޯދަތައް އަހަރުތެރޭގައި ހިފިދާނެ ކަމަށާއި އެހެންކަމުން ފުރަތަމަ 6 ރޯދަ ހިފުމަށެވެ.
މިއިން ކޮންމެ ގޮތަކަށް ޢަމަލުކުރިނަމަވެސް މައްސަލައެއް ނެތެވެ. ސަމާލުކަންދޭންވީ ޝައްވާލު މަހުގައި 6 ދުވަހު ރޯދަހިފުމަށެވެ.
މިއީ ދީނީ ޢިލްމްވެރިންގެ މެދުގައި ޚިލާފް އޮތް މައްސަލައެކެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.