ޙައިޟްވުމުން އަނބިން ބާކީނުކުރާށެވެ! އެއީ ސުންނަތާއި ޚިލާފްކަމެގެ އިތުރުން ލޯބިކެނޑިގެންދާ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޙައިޟްވުމުން އަނބިން ބާކީނުކުރާށެވެ! އެއީ ސުންނަތާއި ޚިލާފްކަމެގެ އިތުރުން ލޯބިކެނޑިގެންދާ ކަމެކެވެ!

މިހައިވަރަށް ކިޔައިދެވޭއިރުވެސް ބައެއް މީހުންނަށް އެކަން ޤަބޫލުނުކުރެވެނީ ކީއްވެގެން ކަމެއް ނުއެނގެއެވެ. ކިޔައިދިނީމާ ޤަބޫލުކޮށްފިން ކަމަށް ބުނެފައިވެސް ގެއަށް ގޮސް ނިދަންވުމުން އަނބިމީހާ އެބަ ބާކީކުރެއެވެ.  

އެކުވެރިންނޭވެ! މުއުންމަތުގެ މައިކަނބަލުންގެ ތެރެއިން އުންމު ސަލަމާގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅުން އެނގޭ ގޮތުގައި ޙައިޟްވެއްޖެކަން އެކަމަނާއަށް އެނގިވަޑައިގަތުމުން އެނދުދާންކޮޅުން ފައިބާ ވަޑައިގަތުމުން އެނދުާންކޮޅަށް ގެންނަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއާއިއެކު ލޯބިކުރެއްވެވިއެވެ.  

ބުނަންހެއްޔެވެ؟ ޙައިޟްގެ މުއްދަތުގައި ނުކުރެވޭނެ ކަމަކީ ޖިމާޢުވުމެވެ. ލޯބިކުރެވޭނެއެވެ. އަދި އަންހެނުން ފިރިންގެ ކިބައިން އެންމެ ބޮޑަށް ލޯތްބަށް ބޭނުންވާނީވެސް އެދުވަސްތަކުގައެވެ. ވީމާ އެކަނބަލުން އެކަމަސް ބޮޑަށް ބޭނުންވާ ދުވަސްތަކުގައި އެކަނބަލުންނަށް ފުރަގަސްނުދޭށެވެ.  

ދިރިއުޅުމަށްބަލާއިރު ލޯބިލިބުންވަނީ ލޯބިދީގެންނެވެ. އަނެކާއަށް ލޯބިބޭނުންވާ ވަޤުތުތަކުގައި ލޯބިނުދެވޭނަމަ އެކަން ނަފްރަތަށް ބަދަލުވާންފަށާނެއެވެ. ފޫހިވާން ފަށާނެއެވެ. ތަކުރާރުވަމުންދާނަމަ ދެމީހުން ވަކިވުމާއި ހަމައަށްވެސް ކަންކަން ދާނެއެވެ.  

މިއީ ހަމައެކަނި ޙައިޟުގެ ދުވަސްތަކަށްބަލައި ބުނި ޥާހަކައެއް ނޫނެވެ. ޙަޔާތުގެ ހުރިހާ ދުވަސްތަކުގައިވެސް ޢަމަލުކުރަންވީ ގޮތެވެ. ވީމާ ދެމަފިރިން އެކަކު އަނެކަކަށް ލޯބިދިނުމުގައި ފަރުވާކުޑަނުކުރާށެވެ! އުފަލުގައި އެކުގައި އުޅެވޭނީ އެއިރުންނެވެ.  

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން