ފަތިސްނަމާދުކުރުން އެހައި މުހިންމުވަނީ ކީއްވެ؟: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ފަތިސްނަމާދުކުރުން އެހައި މުހިންމުވަނީ ކީއްވެ؟: ޑރ. ޔާސިރު ޤާޟީ

ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ވަޖްހްފުޅު ދެކެން ބޭނުންނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އަދި ހަމައެހެންމެ ރިޒުޤް ތަނަވަސްވެ ދުނިޔޭގައި ހަމަޖެހިލައިގެން އުޅެން ބޭނުންނުވާނެ މީހަކުވެސް ނުހުންނާނެއެވެ. މި 2 ކަންތައްވެސް ފަތިސްނަމާދުކުރުމާއި އެބަ ގުޅެއެވެ.  

ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު އެއް ވާޖިބަކީ ފަރުޟު 5 ނަމާދު ކުރުންމަތީގައި ދެމިހުރުމެވެ. އެހެންކަމާއިއެކުވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ވަޖްހްފުޅު ދެކެން ބޭނުންނަމަ ފަތިސް ނަމާދާއި ޢަޞްރުނަމާދު ކުރުމަށް ޙަދީޘްފުޅުގައި އެބައޮތެވެ.  

މިފަދައިން ޙަދީޘްފުޅުގައި އޮތުމުން ސުވާލުތައް އުފައްދަންވީއެއް ނޫނެވެ. އެ 2 ނަމާދު ވަޤުތުގެ ވީހައި ކުރީކޮޅުގައި ކުރަން ސަމާލުކަންދޭންވީއެވެ.  

މުސްލިމަކާއި ވާހަކަދައްކާލައިފިނަމަ ސުވަރުގެ ވަނުމަށްވުރެ އެދޭކަމެއް ނެތްކަމަށް ބުނާނެއެވެ. އަދި ﷲ ތަޢާލާ އާއި ކުއްތަންވުމަށްވުރެ ބޭނުން ބޮޑުކަމެއް ނެތްކަމަށްވެސް ބުނާނެއެވެ. ނަމަވެސް އަހުރެންގެ ސުވާލަކީ އެކަން ޢަމަލުން ދެއްކޭ ހެއްޔެވެ؟  

އަދި ކީއްހެއްޔެވެ؟ ފަތިސް ނަމާދުކުރުމަކީ ރިޒުޤް ތަނަވަސްވުމަށް އޮތް މަގެކެވެ. ފަތިސް ނަމާދުނުކޮށް ހުރެގެން އަތްމަތި ދަތިކަމުގެ ޝަކުވާ ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން