ނަރަކައަށް ވަންނަން ބޭނުންނުވާ މީހާ ސުންނަތް ރޯދަހިފުން ވީހާ ގިނަކުރާނެ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ނަރަކައަށް ވަންނަން ބޭނުންނުވާ މީހާ ސުންނަތް ރޯދަހިފުން ވީހާ ގިނަކުރާނެ ސަބަބު-

ރަމަޟާން މަހަށްފަހު ކުރިއަށް މިދަނީ ޝައްވާލު މެހެވެ. ރަމަޟާން މަހުގެ ރޯދަ ހިފައި ޝައްވާލުމަހު 6 ދުވަހު ރޯދަހިފައި މީހަކަށް މިއަހަރު ދުވަހު ރޯދަ ހިފިކަމުގެ ޘަވާބު ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ ކުޑަ ހިތްވަރަކުން ހިތްވަރަކުން ލިބެން އޮތް އޮތް މިބޮޑި ނިޢުމަތް ދޫކޮށްލަން ހެޔޮނުވާނެއެވެ.

އަދިވެސް ވިސްނާށެވެ! ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ރޯދަހިފާށޭ ބުނެވިއްޖެނަމަ ބައެއް މީހުންގެ މޫނުގެ ކުލަބަދަލުވެގެންދެއެވެ. މޫނު އަނބުރާލައެވެ. ބުނެއެވެ. "އެއީ ސުންނަތެއް ނޫންހެއްޔެވެ؟ އެއީ ވަޒީފާއަދާކުރަންޖެހޭ 2 ދުވަހެވެ. ވަރުބަލިވާނެއެވެ."

ދެން އެއިގެ އަނެއްކޮޅަށް ބަލައިލަމާ ހިނގާށެވެ. ޞިއްޙީ ކަންކަމާއި ގުޅުވައިގެން ޑޮކްޓަރުން މިހާރު އެބަ ރޯދަހިފަން ބުނެއެވެ. ޑޮކްޓަރަކު ބުނެފިނަމަ އެކަމަށް ޝައުޤުވެރިވެއެވެ. ދުވާލަކު 16 ގަޑިއިރު ނުކައި ހުރުން ބުރަކަމަކަށް ނުވެއެވެ. ނުކައި ހުރެގެން ވަޒީފާއަދާކުރަންވެސް ބުރަކަމަކަށް ނުވެއެވެ.

މީސްތަކުންނޭވެ! މިހިސާބުންވެސް ވިސްނައިލާށެވެ! ހަފްތާއަކު 2 ދުވަހު ރޯދަ ހިފުމާއި ކުޅަދާނަކަން ލިބިގެންވާނަމަ 2 ދުވަހަށްވުރެ ގިނަ ދުވަހު ރޯދަ ހިފުމަކީ ތިމާއަށް ހުރިހާ ގޮތަކުންވެސް ފައިދާކުރާނެ ކަމެއްކަމަށް ރަސޫލް ﷺ ޙަދީޘްފުޅުކުރެއްވެވީ މީގެ 1400 އަހަރުކުރިންނެވެ.

އެގޮތަށް ޙަދީޘްފުޅުކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ އެގޮތަށް އެކަން ﷲ ތަޢާލާ އަންގަވައިދެއްވެވުމުންނެވެ. ﷲ ތަޢާލާ އަންގަވައިދެއްވެވީ ކީއްވެގެން ހެއްޔެވެ؟ އެކަމުން އަހަރެމެންނަށް ފައިދާކުރާނެތީއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުންނަތް ރޯދަހިފުމަކީ ތިއަ ހީކުރާވަރަށްވުރެ މާ ފައިދާބޮޑު ކަމެކެވެ. މާމަތިވެރިކަން ބޮޑުކަމެކެވެ. އެހެނީ ސުންނަތް ރޯދަތައް ޤަވާއިދުން ހިފުމަކީ ވަރަށް ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.

އަދި އެއީ ނަރަކައިގެ އަލިފާނުން ސަލާމަތްވާން ވަރަށް ބޮޑަށް ބޭނުންވާ މީހުން ކުރާނެ ކަމެކެވެ. އެހެނީ އެމީހުން ވިސްނާނީ އެދުވަހު އުފުލަންޖެހޭ ތަކްލީފްތަކަކަށް ނޫނެވެ. ކޮންމެ ރޯދައެއް އެމީހަކާއި ނަރަކަ 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދެއްވަވާ ކަމާއިމެދުގައެވެ. ކޮންމެ ހަނދުމަހެއްގެ 13،14، 15 އަދި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތިދުވަހު ސުންނަތް ރޯދަހިފާ މީހަކު ނަރަކައާއި ދުރުކުރައްވަވާނެ ނިކަން ހިތަށް ގެނެސްބަލާށެވެ! އެރުން ސުންނަތް ރޯދަތައް ހިފުމަކީ އެންމެ ބޮޑަށް ސަމާލުކަންދެވޭ ކަންތައް ކަމަށްވެގެންދާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން