އިމާމުކަމުގެ ސެޓްފިކެޓާ ހުއްދަ ނުލިބި ހުކުރު ނަމާދު ކޮށްދެވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އިމާމުކަމުގެ ސެޓްފިކެޓާ ހުއްދަ ނުލިބި ހުކުރު ނަމާދު ކޮށްދެވިދާނެތޯ؟

ސ. އިމާމަކަށް ނުވެ (އިމާމުކަމުގެ ސެޓްފިކެޓާ އެއްޗެހި ނުލިބި) ހުކުރު ނަމާދު ކޮށްދެވިދާނެތޯ؟ އަދި ހުކުރު ނަމާދު ކޮށްދެވޭނީ ކޮންބަޔަކަށްތޯ؟ އޭގެ ޙުކުމަކީ ކޮބައިތޯ؟ 

ޖ. އާދެ! ފުރަތަމަ ކަމަކީ އެންމެންގެ މަސްލަހަތަށްޓަކައި ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަޅުގަނޑުމެން އެންމެ ވެސް ބޯލަނބައި ކިޔަމަންތެރި ވާންޖެހޭނެ. އިމާމުވެ ނަމާދުކުރެވޭނީ ވަކި މީހަކަށް ކަމުގައި ނުވަތަ ޚުޠުބާ ކިޔޭނީ ވަކި ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފައި އެ ވަނީ ވަރަށް ބޮޑު، އެންމެންގެ މަސްލަހަތަށް ޓަކައި ހަދައިފައި ހުންނަ ޤާނޫނެއް ޤަވާޢިދެއް. އެހެންވީމަ އެއަށް އަޅުގަނޑުމެން ޖެހޭނެ ބޯލަނބައި ކިޔަމަންތެރިވާން. 

ދެން އޮތް ކަމަކީ މިސާލަކަށް ހުކުރު ވަގުތު ޖެހޭ އިރުގައި ޚުޠުބާ ކިޔާ ވަގުތު ޖެހޭއިރުގައި ޚުޠުބާ ވިދާޅުވާން ހަމަޖެހިފައިވާ ބޭފުޅާ ވަޑައިނުގަންނަވާ އަދި އޭނާގެ ނާއިބަކަށް ހުންނަވާ ބޭފުޅާ ބަދަލުގައި ވަޑައިގަންނަވަންޖެހޭ ބޭފުޅާ ވެސް ވަޑައެއްނުގަންނަވާ. އެހެންވީމާ މިސްކިތުގެ ތެރެއިން ކޮންމެވެސް މީހަކު، އެ ކަމަށް ކުޅަދާނަ މީހަކު، ނުވަތަ އެ ކަމުގެ ޤާބިލުކަން ހުރި މީހަކު އިސްވެ ޚުޠުބާ ކިޔައި، މީސްތަކުންނައިގެން އިމާމުވެ ނަމާދުކުރުމަކީ އެއީ، އެފަދަ ޙާލަތެއްގައި މައްސަލައެއް އޮތް ކަމެއް ނޫން. 

އެހެނެއް ނޫން މިސާލަކަށް އެ ކަމަށް ކަނޑައެޅިފައިވާ، އެ ދުވަހެއްގެ ޚުޠުބާ ވިދާޅުވާ ނުވަތަ އިމާމުވެ ނަމާދުކުރައްވަން ހަމަޖެހިފައިވާ ބޭފުޅަކު މިސްކިތުގައި ހުންނަވަނިކޮށް އަދި އެ ބޭފުޅަކަށް އެ ޚުޠުބާ ވިދާޅުވުމާއި، އިމާމުވެ ނަމާދުކުރެއްވުމުގައި އެއްވެސް ޢުޒުރެއް މެދުވެރިނުވާހައި ހިނދެއްގައި އެހެން މީހަކު އެ ކަމަށް އިސްވެ އެ ކަންކޮށް ހެދުމަކީ އެއީކީއެއް ރަނގަޅު ކަމަކަށް ނުވާނެ. ވަﷲ އަޢުލަމް.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން