މަހްދީގެފާނާއިބެހޭ ގޮތުން މާގިނަ ވާހަކަތަކެއް އެނގޭކަށް ނެތް! އެކަމަށް ވިސްނުމަށްވުރެ ކުރަން މާމުހިންމު ކަންކަން އެބަހުރި!: ޝައިޚް ޢާޞިމް އަލްޙަކީމް

ކިޔުމަށް ހޭދަވާނީ 1މ 11ސ
މަހްދީގެފާނާއިބެހޭ ގޮތުން މާގިނަ ވާހަކަތަކެއް އެނގޭކަށް ނެތް! އެކަމަށް ވިސްނުމަށްވުރެ ކުރަން މާމުހިންމު ކަންކަން އެބަހުރި!: ޝައިޚް ޢާޞިމް އަލްޙަކީމް

އިމާމް މަހުދީގެފާނާއި ބެހޭ ގޮތުން ވަރަށް ގިނަ ބައަކު ސުވާލުކުރެއެވެ. ނަމަވެސް އިމާމް މަހުދީގެފާނާއިބެހޭ ގޮތުން މާގިނަ ވާހަކަތަކެއް އެނގޭކަށް ނެތެވެ.  

އަހުރެންނަށް އެނގެން އޮތްވަރަކީ އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިއްލަތުން އުފަންވެވަޑައިގަންނަވާނެ ބޭކަލެއް ކަމާއި ނަންފުޅަކީ މުޙައްމަދު ބިން ޢަބްދުﷲ ކަމެވެ. އުފަންވެވަޑައިގަންނަވާނީ މުޅި ދުނިޔެ ފަށާދަވެފައި ވަނިކޮށް ކަމެވެ. މަހުދީގެފާނުގެ ފުރަތަމަ އުޅުއްވުމަކީ ދީންވެރި އުޅުއްވެވުމެއް ނޫންކަމާއި ނަމަވެސް ﷲ ތަޢާލާ ކުއްލިއަކަށް އެކަން ބަދަލުކުރައްވަވަނީ ކަމެވެ. އަދި މަހުދީގެފާނުގެ ސަބަބުން ޙައްޤުދީން ދުނިޔެއަށް ފެތުރިގެންދާނެ ކަމާއި މުސްލިމުންގެ އިމާމްކަން ކުރައްވަވާނެ ކަމެވެ. އަދި ޢީސާގެފާނު ފައިބައިވަޑައިގެން ދައްޖާލު ޤަތުލުކުރައްވަވާއިރު އެތަނުގައި މަހުދީގެފާނު ހުންނަވާނެ ކަމެވެ.  

މިވާހަކަ މިނޫންގޮތަކަށްވެސް މީހަކު ދައްކައިފާނެއެވެ. އެއީ ޞަޙީޙްކޮށް މާގިނަ ކަންތައްތަކެއް އެނގެން ނެތުމުންނެވެ. ދެން މިއީ އަހުރެމެން އެހައި ބޮޑަށް ސަމާލުކަންދޭންޖެހެންވީ ކަމެއް ކަމަކަށްވެސް އަހުރެން ނުދެކެވެ. އެއީ މިކަންކަމަކީ އަދި މާފަހުން ހިނގާނެ ކަންކަން ކަމުގައިވާތީއެވެ.  

ޤުރްއާނާއި ސުންނަތް މިހާރުވެސް އަހުރެމެންގެ އަތުގައި އެބަ އޮތެވެ. ބަލަންވީ އެއަށް ޢަމަލުކުރެވޭތޯއެވެ. އެމީހެ އަނބިދަރިންނާއި ޢާއިލާގެ މީހުން ލައްވައިވެސް ޢަމަލުކުރުވޭތޯއެވެ. އަހުރެމްންގެ ދިރިއުޅުމަށާއި އާޚިރަތަށްވެސް ފައިޑާއެއް ކުރާނީ އެއިރުންނެވެ.

 

- ޝައިޚް ޢާޞިމް އަލް-ޙަކީމްގެ ދަރުސަކުން

 

 

މިއަދު އޮންލައިން