މުނާފިޤްކަމުގެ ޢަލާމާތްތަކުގެ ތެރެއިން ގިނަބައަކަށް ނުއެނގޭތީ ނަމަވެސް އިހްމާލްވެވޭ ބައެއް ކަންކަން-: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މުނާފިޤްކަމުގެ ޢަލާމާތްތަކުގެ ތެރެއިން ގިނަބައަކަށް ނުއެނގޭތީ ނަމަވެސް އިހްމާލްވެވޭ ބައެއް ކަންކަން-: ޝައިޚް ޢާޞިމް އަލްޙަކީމް

ބައެއް މީހުންރުޅި އަންނަ ކަންކަމުގެ ތެރޭގައި އެމީހެއްގެ އަތުން ފައިސާ ގެއްލުން، އެމީހެއްގެ މުދަލަކަށް ގެއްލުން ލިބުން ހިމެނެއެވެ. ނަމަވެސް ޖަމާއަތުގެ ނަމާދު ގެއްލުމަކުން ރުޅިއެއް ނައުދެއެވެ. ނަމާދެއް ނުކުރެވި ދިއަޔަސް ރުޅިއެއް ނައުދެއެވެ.  

އެހެންކަމަށްވާނަމަ އެމީހެއްގެ ކިބައިން މިފެންނަނީ މުނާފިޤް ކަމުގެ ޢަލާމާތްތަކެވެ.  

ބައެއް މީހުން އެމީހުން ދަރިން ތުނބުޅި ބެހެއްޓުމުން ރުޅިއައުދެއެވެ. އަންހެން ދަރިން ބުރުގާއަޅައި ނިވާވުމުން ރުލީއައުދެއެވެ. އަދި ތުނބުޅި ބެހެއްޓުމުން ނުވަތަ ބުރުގާއަޅައި ނިވާވުމުން މަލާމާތްކުރާ ބައަކުވެސް އުޅެއެވެ.  

އެމީހުންނާއި ކޮށްލަން ބޭނުންވާ ސުވާލަކީ އެމީހުން ތިއަ ތަބަޢަވަނީ ކޮން ދީނަކަށް ހެއްޔެވެ؟ ﷲ ތަޢާލާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވައިލެއްވެވި ދީނަށް ހެއްޔެވެ؟  

މީސްތަކުންނޭވެ! ފަހުން މިބަޔާންކުރި ތުނބުޅި ބެހެއްޓުމާއި އަދި ބުރުގާއަޅައި ﷲ ތަޢާލާ އަންގަވާފައިވާ ވަރަށް ނިވާވުމާއި ދެކޮޅު ހަދާނަމަ އެއީވެސް ހަމަ މުނާފިޤުކަމުގެ ސިފަތަކެވެ. އިސްލާމް ދީނަށް ފުރިހަމަ ގޮތުގައި ބޯލަނބާ މީހަކު މިކަންކަމަށް ދެކޮޅެއް ނުހަދާނެއެވެ.  

އަހުރެން މިބުނާ އެއްޗެއް އޮޅުވައި ނުލާށެވެ! އަހުރެން މިބުނީ ތުނބުޅި ނުބަހައްޓާ ނޫނީ ބުރުގާ ނާޅާ މީހުންގެ ވާހަކައެއް ނޫނެވެ. އެކަންކަމަށް ދެކޮޅުހަދާ މީހުންގެ ވާހަކައެވެ. ޢަމަލުނުކުރުމާއި ދެކޮޅު ހެދުމަކީ ތަފާތު ދެކަމެކެވެ.

 

- ޝައިޚް ޢާޞިމް އަލް-ޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން