އާރަތަރިޓްސްގެ އުނދަގޫހުރެ ހުޅުތައް ދުޅަވާނަމަ ހަށިގަނޑު ބަރުވިޔަނުދޭން ސަމާލުކަން ދޭންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އާރަތަރިޓްސްގެ އުނދަގޫހުރެ ހުޅުތައް ދުޅަވާނަމަ ހަށިގަނޑު ބަރުވިޔަނުދޭން ސަމާލުކަން ދޭންޖެހޭނެ!

އާތަރައިޓިސްއަކީ ވަރަށް ގިނަ ވައްތަރުތައް ހުންނަ ބައްޔެކެވެ. ހުޅުތައް ދުޅަވުމަކީ އެންމެ ޢާންމު އެއް ވައްތަރެވެ. އާރަތަރިޓްސްގެ އުނދަގޫހުރެ ހުޅުތައް ދުޅަވާނަމަ ހަށިގަނޑު ބަރުވިޔަނުދޭން ސަމާލުކަން ދޭންޖެހޭނެއެވެ. 

ހަށިގަނޑު ފަލަވިޔަ ނުދޭން ސަމާލުކަންދޭންޖެހޭ ފަދައިން ބަނޑުލާފައި ހުރިނަމަ ބަނޑު ހިންދަން މަސައްކަތްކުރާށެވެ. ހަށިގަނޑު ލުއިވުމަކީ ހުޅަތައް ދުޅަވުމުން އަޅާ ވޭން ކުޑަކޮށްދޭނެ ކަމެކެވެ. 

ހިކެން މަސައްކަތްކުރާއިރު ކެއުން މަދުކުރާނަމަ ބޭނުންކުރާ މަދު އެދިތޮޅުން ހަށިގަނޑަށް ގިނަ ފައިދާތައް ލިބޭނެ ބާވަތްތައް ބޭނުންކުރަންވާނެއެވެ. އެކަން އަމިއްލައަށް މެނޭޖްކުރަން އުނދަގޫނަމަ ތަޖުރިބާކާރު ޑޮކްޓަރެއްގެ ނުވަތަ ޑައިޓިޝިއަނެއްގެ އެހީތެރިކަން ހޯދާށެވެ. 

އާތަރައިޓިސް ހުރިނަމަ ފަރުޥާކުޑަނުކުރާށެވެ! ޑޮކްޓަރުން ދޭ ފަރުވާ ޤަވާއިދުން ލިބިގަންނަންވާނެއެވެ. އަދި އަމިއްލައަށް ކުރަން ބުނާ ކަންކަންވެސް ޤަވާއިދުން ކުރަމުން ގެންދަންވާނެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން