ތިމާ ބޭނުންވާ އެންމެ ސިފައަކަށްޓަކައި ކައިވެނިނުކުރާށެވެ! ގާތީ ވަރަށް އަވަހަށް ހިތާމަކުރަން ޖެހުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިމާ ބޭނުންވާ އެންމެ ސިފައަކަށްޓަކައި ކައިވެނިނުކުރާށެވެ! ގާތީ ވަރަށް އަވަހަށް ހިތާމަކުރަން ޖެހުމެވެ!

ބައެއް އަންހެނުންވެސް އަދި ފިރިހެނުންވެސް މީހެއްގެ ކިބައިގައި ހުންނަ އެމީހާ ރުހޭ އެންމެ ސިފައަކަށްބަލައިގެން އެބަ ކައިވެނިކުރެއެވެ. މިގޮތަށް ކުރެވޭ ކައިވެނިތައް ވަރަށް އަވަހަށް ރޫޅިގެންވެސްދެއެވެ.  

ސަބަބަކަށްވަނީ ހަމައެކަނި އެސިފައިން އުފާވެރި ދިރިއުޅުމެއް ނުލިބުމެވެ. ހިތްހަމަޖެހުން ނުލިބުމެވެ. އަދި ބޭނުންތައް ފުއްދައިގެން ދިރިނުއުޅެވޭ ކަމެވެ. 

މިހެން ބުނީމާ ފައިށާ ހުރިނަމަ ހުރިހާ ބޭނުމެއް ފުދޭނެ ކަމަށްވެސް ބުނެފާނެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތަނަވަސްކަމުން ފުދޭނީވެސް އެންމެ ކަމެކެވެ. އެއީ ފައިށާއިން ފުއްދޭނެ ބޭނުންތައް ފުއްދުމެވެ.  

މިހިސާބުން ވިސްނާލަން ޖެހެނީ ލޯބިލިބުން ކޮބައިހެއްޔެވެ؟ އެކުގައި ވަޤުތު ހޭދަކުރެވުން ކޮބައިހެއްޔެވެ؟ އެކަކު އަނެކަކަށް ދޭންޖެހޭ އަޅައިލުން ކޮބައިހެއްޔެވެ؟ ރީތިކަމަށް ނުވަތަ ޖިންސީ ބޭނުންތަކަށް ބަލައިގެން ކައިވެނިކުރިޔަސް ހަމަ މިމައްސަލަތައް ކުރިމަތިވާނެއެވެ.  

ވީމާ ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރާއިރު ތިމާ ބޭނުންވާ އެންމެ ކަމަކަށް ބަލައިގެން ކައިވެނި ނުކުރާށެވެ. އެކުގައި ދިރިއުޅެން ބޭނުންވާނެ ހުރިހާ ކަމަކަށް ބަލައި އެންމެ ގިނަ ރަނގަޅު ސިފަތައް ހުރި މީހަކަށް އިސްކަންދީގެން ކައިވެނިކުރާށެވެ.  

ނުރަނގަޅު އެންމެ ސިފައެއް ހުންނަ މީހަކާއިއެކުގައި އުޅެވިދާނެއެވެ. އެކަމަކު ތިމާ ބޭނުންވާ އެންމެ ސިފައެއް ހުންނަ މީހަކާއިއެކު އުފަލުގައި އުޅެވުމަކީ ހަމަ ކާމިޔާބު ނުކުރެވޭނެ ކަމެކެވެ.

 

- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ބަސްފުޅަކުން 

މިއަދު އޮންލައިން