މީހަކަށް އެންމެ ބޮޑަށް ބޭނުންވާނެ ހުރިހާ ކަމެއްހެން ޙާޞިލުކުރެވެން އޮތް ޛިކުރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
މީހަކަށް އެންމެ ބޮޑަށް ބޭނުންވާނެ ހުރިހާ ކަމެއްހެން ޙާޞިލުކުރެވެން އޮތް ޛިކުރު-

ކޮންމެ ޛިކުރަކީވެސް ފައިދާހުރި ޛިކުރެކެވެ. މިފާހަގަކުރަނީ ޛިކުރުތަކުގެ ތެރެއިންވެސް ފައިޑާ ބޮޑު ޛިކުރެކެވެ. އެއީ لا حول ولا قوة إلا باللّه އެވެ.

لا حول ولا قوة إلا باللّه އަކީ ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ކަންޒެކެވެ. 

عن أبي هريرة - رضي الله عنه - أن رسول الله - صلى الله عليه وآله وسلم - قال : " ألا أعلمك - أو قال : ألا أدلك - على كلمة من تحت العرش من كنز الجنة ؟ تقول : لا حول ولا قوة إلا بالله" 

އަބޫ ހުރައިރާ ރަޟިޔަ ﷲ އަންހު ރިވާކުރެއްވިއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ކަންޒެއް ނުވަތަ ކަލިމައެއް ތިމަންކަލޭގެފާނު ކަލޭގެފާނަށް ދަސްކޮށްދެއްވަންހެއްޔެވެ. ދެން ޙަދީޘް ކުރެއްވިއެވެ. لا حول ولا قوة إلا باللّه ކިޔާށެވެ. 

އެކަލިމައިގެ ސަބަބުން ރައްކާތެރިކަން ލިބެއެވެ. އަދި އެއީ ހެޔޮ ޢަމަލެކެވެ. ސުވަރުގެއާއި ގާތް ކުރެއެވެ. ރަނގަޅު އަޅުން ސުވަރުގެއާއި ގާތް ކުރެއެވެ. އަދި އެއީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް ބަސްފުޅުގައި މާނަ ކުރައްވާފައިވާ ގޮތަށެވެ. އެގޮތުން ސުވަރުގެ ހޯދުމަށް މަސައްކަތް ކުރުމަށްވެސް މެއެވެ. ޘަވާބުވެސް ލިބެއެވެ. 

މީގެ އިތުރުން ނަމާދަށް ބަންގި ގޮވާ އިރުވެސް حي علي الصلاة , حي علي الفلاح ގެ ޖަވާބަކަށް ވެސް ކިޔަނީ لا حول ولا قوة إلا باللّه އެވެ. ސަބަބަކީ އެއީ ހެޔޮ ޢަމަލުތަކަށް ހުޅުވާލެވޭ ދޮރެކެވެ. އަދި ﷲ ދޮރުތައް ހުޅުވާދެއްވައެވެ. އުފާވެރިކަމުގެ ދޮރުތައް ވެސް ހުޅުވާދެއްވައެވެ. އަދި ލަސް ކަންކަން އަވަސް ކުރައްވައެވެ. لا حول ولا قوة إلا باللّه  މި ބަހުގެ މާނައަކީ މާތްالله ގެ ފަރާތުން ނޫން ބާރެއް ނެތެވެ. އެއީ ބަލިން ޞިއްހަތައް ބަދަލު ކުރައްވައެވެ. ފަޤީރުކަމުން މުއްސަނދިކަމަށް ބަދަލުކުރައްވައެވެ. ކަންނެތްކަމުން މުރާލިކަމުން ބަދަލު ކުރައްވައެވެ. އެއް ޙާލުން އަނެއް ޙާލަށް ބަދަލު ކުރައްވައެވެ. އިންސާނަކަށް ކަންކަން ބަދަލު ކުރުމުގެ ބާރެއް ނުވެއެވެ. 

ބާރާއި މަކަރާއި ހީލަތުން އިންކާރުކުރުން، ވެސް މިބަހުގެ މާނައިގައިވެއެވެ. އަދި ﷲ ގެ މަތިން ހަނދުމަ ކުރުންވެސް ހިމެނެއެވެ. އެގޮތުން ފާތިހާ ސޫރަތުގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾‏ މާނައީ: "އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ حضرة ންނެވެ. 

لا حول ولا قوة إلا باللّه މިބަސްފުޅުގެ މާތްކަމަށް ބަލާއިރު އެކަލިމައިން ތައުޙީދުގެ ތިން ވައްތަރު އަންގައިދެއެވެ. އެއީ ތައުހީދުއް ރުބޫބިއްޔާ، ތައުޙީދުލް އުލޫހިއްޔާ އަދި ތައުޙީދުލް އަސްމާ ވައްސިފާތުއެވެ. އަނެއް ކަމަކަށް މިކަލިމައިގެ ސަބަބުން ﷲ އަށް ވަކީލު ކުރަން ދަސްވެގެންދެއެވެ.

މިލިޔުމަކީ ކިޔުންތެރިއަކު ޙިއްޞާކުރެއްވި ލިޔުމެކެވެ. މަސްދަރު ބަޔާންކުރައްވާފައެއް ނެތެވެ. އެހެންކަމުން މިއަދުނޫހުން އެދެނީ ލިޔުއްވި ފަރާތުން އެކަން އަންގަވައިލަދެއްވުމެވެ. އެއިރުން އެބައި ފުރިހަމަކޮށްލާނަމެވެ. އިން ޝާ ﷲ

 

 

މިއަދު އޮންލައިން