އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.
މިއަދުގެ ސުވާލު:
ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރަން ވަކި ޢުމުރެއް އޮވޭތަ؟
އެހީ:
ޤުރްއާން ކިޔަން މަސައްކަތްކުރަންވީ ތަޖުވީދު މަގުންނެވެ. ވީމާ ތަޖުވީދުމަގުން ޤުރްއާން ކިޔަވަން ދަސްކުރަން ވަކި ޢުމުރެއް ނެތެވެ. ނުއެނގޭނަމަ ކޮންމެ ޢުމުރެއްގައިވެސް އޮތީ އުނގެނެން މަސައްކަތްކުރުމެވެ.
ޢުމުރުން ދުވަސްވެފައި ހުރުމުން ކްލާހަކަށް ޑާން ލަދުގަންނަނަމަ އޮންލައިންކޮށްވެސް ދަސްކުރުމުގެ ފުރުޞަތު މިހާރު ވަރަށް ފުޅައުދާއިރާއެއްގައި އެބައޮތެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް އުނގެނެވިދާނެއެވެ. އަދި ރިވެތިކޮށް ކިޔަވާ ޤާރީންގެ ވީޑިއޯ އަޑުއަހައިގެންވެސް ދަސްކުރެވިދާނެއެވެ. ވީމާ ދަސްނުކޮށް ހުންނަން ދެއްކޭނެ އެއްވެސް ބަހަނާއެއް މިހާރަކު ނެތެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.