ތިމާއަށް ފައިދާހުރި ގޮތަކަށް ދުވަސް ހޭދަކުރާނެ ގޮތް-: ޑރ ޔާސިރް ޤާޟީ

ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިމާއަށް ފައިދާހުރި ގޮތަކަށް ދުވަސް ހޭދަކުރާނެ ގޮތް-: ޑރ ޔާސިރް ޤާޟީ

ޢާއިޝަތު ރަފާޙް ޢަލީ

 

ތިބާ އަބަދު ފޭސްބުކް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑީއާ ސްކްރޯލް ކުރުމުގައި ވަގުތު ހޭދަކުރާއިރު ކަމެއް ޙާޞިލް ކުރާނީ ކިހިނެއް ހެއްޔެވެ؟ 

އަޅުގަނޑުމެންގެ ވަގުތުތައް ކުރުކުރުމަށް 24 ގަޑިއިރު ތެރޭގައި އެތައް ފަހަރަކު ސޯޝަލް މީޑިއާ، ޓިކްޓޮކް، ފޭސްބުކް އަދި އިންޓަރނެޓް ބޭނުންކުރެވެއެވެ. މިއީ ވަގުތު ބޭކާރުކުރުމެވެ.

އަދި ހެޔޮ ކަންކަން ކުރުމަށް އެޅޭ ހުރަހެކެވެ. މިކަން ކުރާނަމަ ފައިދާހުރި ގޮތެއްގައި ދުވަސް ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟ 

ފައިދާހުރި ގޮތެއްގައި ދުވަސް ހޭދަކުރަން ބޭނުންނަމަ މިކަން ހުއްޓާލާށެވެ. ބޭކާރު ކަންކަން ކުރުން މަދު ކުރާށެވެ. އަދި އެފަދަ ކަންކަން ހުއްޓާލުމަށް މަސައްކަތް ކުރާށެވެ.

ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ލިމިޓްކުރާށެވެ. ފޯނު 30 މިނެޓް ބޭނުންކުރުމަށް ވަގުތު ޖެއްސިދާނެއެވެ. 

އަޅުގަނޑުމެން ދިރިއުޅުމުގައި ދުނިޔޭގައި ހިނގާ ކަންކަމުގެ ޚަބަރުތައް ހޯދުމަށް ސޯޝަލް މީޑިއާ ބޭނުންވެއެވެ. ރައްޓެހީންނާއި ބައްދަލުކުރުމަށް ސޯޝަލް މީޑިއާ ބޭނުންވެއެވެ. އެއީ ޙަޔާތުގެ ވެސް ބައެކެވެ. 

ނަމަވެސް ދުވާލަކު ފަސް ގަޑިއިރު ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ގެއްލުންހުރި ކަމެކެވެ.

ތިބާ ޓިވީ ބެލުމަށް އަދި ސޯޝަލް މީޑިއާ ބޭނުންކުރުމަށް ގަޑިއިރުތަކެއް ހޭދަކުރާކަށް ނުވާނެއެވެ.

ޕްރޮޑަކްޓިވް ލައިފެއް ބޭނުންނަމަ ނުވަތަ ފައިދާހުރި ގޮތެއްގައި ވަގުތުތައް ހޭދަކުރަން ބޭނުންނަމަ، ތިބާ ދުވަހެއްގެ ގިނަ ވަގުތު ސޯޝަލް މީޑިއާގައި ހޭދަކުރުމަކީ ޕްރޮޑަކްޓިވް ލައިފެއް ނުވަތަ ފައިދާހުރި ގޮތެއްގައި ވަގުތުތައް ހޭދަކުރުމެއް ނޫނެވެ. ތިބާ މިފަދަ ކަންކަމާ ވިސްނާށެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން