ހަނދުމަކޮށްދިނުމެއް!: އަބަދުވެސް ހުންނަންޖެހޭނީ މަރަށް ތައްޔާރުވެގެންކަމަށްވާއިރު އެކަމަށް އެދިގެން ވަރަށް ފަސޭހައިން ކުރެވިދާނެ 3 ކަމެއް: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 54ސ
ހަނދުމަކޮށްދިނުމެއް!: އަބަދުވެސް ހުންނަންޖެހޭނީ މަރަށް ތައްޔާރުވެގެންކަމަށްވާއިރު އެކަމަށް އެދިގެން ވަރަށް ފަސޭހައިން ކުރެވިދާނެ 3 ކަމެއް: ޝައިޚް އަބޫބަކުރު ޒައުދު

އަބަދުވެސް ހުންނަން ޖެހޭނީ މަރަށް ތައްޔާރުވެގެން ކަމަށް ބުނެފިނަމަ ބައެއް މީހުން ވިސްނާނީ ޖަނާޒާގެ ކަންކަން ފުރިހަމަކުރާނެ ފައިސާ ޖަމާކުރުމާއިމެދުގައެވެ. އެއީ ވަޅުލާނެ ބިންވެސް ގިނަ ޤައުމުތަކުގައި ގަންނަން ޖެހޭނެތީއެވެ. ނަމަވެސް މަރަށް ތައްޔާރުވުމަކީ އެއީއެއް ނޫނެވެ. މަރަށް ތައްޔާރުވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ ޙާލު މަރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމެވެ. މަލަކުލްމައުތު ފެނުމުން ކަންބޯދުވުމުގެ ބަދަލުގައި ހިނިތުންވެވޭނެ މީހަކަށްވެވުމެވެ.  

މީސްތަކުން ދުނިޔޭގެ އެދުމަށް ދަހިވެތިވެ ދުނިޔޭގެ އެދުންތަކަށް ދަހިވެތިކަން ބޮޑުވީވަރުން އެންމެ ބޮޑަށް ޣާފިލްވެވިފައިވާ ކަމަކީ މަރު ހަނދާންކުރުމެވެ. މަރަށް ތައްޔާރުވުމެވެ. އެހެނަސް ކޮންމެ އިންސާނަކަށްވެސް އެންމެ މުހިންމުކަމަކީ އަބަދުވެސް މަރަށް ތައްޔާރުވެހުރުމެވެ.  

މަރަށް ތައްޔާރުވެގެން ހުންނަ މީހާގެ ގާތު ޑޮކްޓަރަކު އޭނާއަށް ބޮޑު ބައްޔެއް ޖެހިފައިވާ ކަމަށާއި ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބުނި ނަމަވެސް އެއްވެސް ވަރަކަށް ކަންބޮޑެއް ނުވާނެއެވެ. އެހެނީ އޭނާ އަބަދުވެސް އެހުންނަނީ ބައްޔެއް ނުޖެހުނު ނަމަވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބަލައިގެންކަމަށްވާތީއެވެ! އެކަމަށް ތައްޔާރުވެގެން ކަމުގައިވާތީއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ އައު ކަންކަމެއްގެ ވާހަކަތަކެއްގެ ނޫނެވެ. އަުކަންތައްތަކެއް ނުނެރެވޭނެއެވެ. އޮތީ ގިންގިނައިން ހަނދުމަކޮށްދިނުމެވެ. އެގޮތުން މިހަނދާންކޮށްދެނީ އަބަދުވެސް މަރަށް ތައްޔާރުވެގެން ހުރުމަށް ވަރަށް ފަސޭހައިން ކުރެވިދާނެ 3 ކަމެކެވެ.  

1 ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސި ކިޔަވާށެވެ! 

ހަދީޘްފުޅުގައި އޮތީ ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސި ކިޔަވާ މީހާ އާއި ސުވަރުގެއާއި ދެމެދުގައި އޮތް ހަމައެކަނި ހުރަހަކީ އެމީހަކު މަރުވުން ކަމުގައެވެ.  

2 ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ސައްޔިދުލް އިސްތޣްފާރުކިޔަވާށެވެ.  

اللَّهُمَّ أَنْتَ رَبِّي لّا إِلَهَ إِلَّا أَنْت،

خَلَقْتَنِي وَأَنَا عَبْدُكَ،

وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْت،

أَعُوذُ بِكَ مِنْ شَرِّ مَا صَنَعْت،

أَبُوءُ لَكَ بِنِعْمَتِكَ

عَلَيَّ، وَأَبُوءُ بِذَنْبِي فَاغْفِر لِي فَإِنَّهُ لَا يَغْفِرُ

الذُّنُوبَ إِلَّا أَنْتَ 

3 ކޮންމެ ރެއަކު ނިދުމުގެ ކުރިން މިފަދައިން ދުޢާކުރާށެވެ!  

اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ، وَفَوَّضْتُ أَمْرِي إِلَيْكَ، وَوَجَّهْتُ وَجْهِي إِلَيْكَ، وَأَلْجَأْتُ ظَهْرِي إِلَيْكَ، رَغْبَةً وَرَهْبَةً إِلَيْكَ، لَا مَلْجَأَ وَلّا مَنْجَا مِنْكَ إِلَّا إِلَيْكَ، آمَنْتُ بِكِتَابِكَ وَبِنَبِيِّكَ الَّذِي أَرْسَلْتَ 

ޙަދީޘްފުޅުގައި އޮތީ ނިދުމުގެ ކުރިން މިފަދައިން ދުޢާކޮށްގެން ނިދައިފި މީހާ އެރޭ އޭނާގެ ނިދީގައި މަރުވެއްޖެ ނަމަ އެ މަރުވަނީ ފިޠުރަތުގެ ށާފުކަންމަތީގައި ކަމަށެވެ.  

ވީމާ މަރަށް އަބަދުވެސް ތައްޔާރުވެގެން ހުރުމަށްޓަކައި މި 3 ކަންތަކުގައި ސާބިތުވާށެވެ! ފަރުޟާއި ވާޖިބުއަދާކުރަމުންނެވެ. ސުންނަތުގައި ހިފަހައްޓައިގެންހުރެއެވެ. ތަްްވާވެރިކަންމަތީގައި ހުރެގެންނެވެ. 

އަބަދުވެސް ހުންނަންވީ މަރަށް ތައްޔާރުވެގެންނެވެ. އެކަމަސްޓަކައި ކުރަންހުރި ކަންކަން ވަރަށް ގިނައެވެ. ބަޔާންމިކުރީ ވަރަށް ފަސޭހައިން ކުރެވިދާނެ 3 ކަމެކެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން