މަންމައަށް އެހީތެރިނުވެ ހިތުގަ ޖެހޭނެ ކަންކަން ކުރަމުން އެކަންކަމަށް މާފަށް ނުއެދި ހުއްޓާ މަންމަ މަރުވެއްޖެނަމަ މާފު ޙޯދަން ކުރެވޭނީ ކޮން ކަމެއްތޯ؟: ޝައިޚް ޢާޞިމް އަލް-ޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މަންމައަށް އެހީތެރިނުވެ ހިތުގަ ޖެހޭނެ ކަންކަން ކުރަމުން އެކަންކަމަށް މާފަށް ނުއެދި ހުއްޓާ މަންމަ މަރުވެއްޖެނަމަ މާފު ޙޯދަން ކުރެވޭނީ ކޮން ކަމެއްތޯ؟: ޝައިޚް ޢާޞިމް އަލް-ޙަކީމް

މަންމައަށް އެހީތެރިނުވެ ހިތުގަ ޖެހޭނެ ކަންކަން ކުރަމުން އެކަންކަމަށް މާފަށް ނުއެދި ހުއްޓާ މަންމަ މަރުވެއްޖެނަމަ މާފު ޙޯދަން ކުރެވޭނީ ކޮން ކަމެއްތޯ؟  

ސުބްހާނަﷲ! ތިއަކުރީ ހާދަ ވަރުގަދަ ސުވާލެކެވެ. ތިއަ ދައްކަނީ ހާދަ ބިރުބޮޑު އަދި ގެއްލުންހުރި ކަމެއްގެ ވާހަކައެވެ. ތިއަދައްކަނީ ލިބެން އޮތް ހާދަ ބޮޑު ރަހްމަތެއް ނަގައިލިކަމުގެ ވާހަކައެވެ. އެހެނީ މައިމީހާއަށް އަޅާލައި ހިތުގައި ނުޖއްސައި ލޯބިދީގެން ގެންގުޅުމަކީ އެމީހަކަށް ސުވަރުގެ ލިބެން އޮތް އެންމެ ފަސޭހަ އެއް މަގެވެ. ތިއަ ދައްކަނީ އެފުރުޞަތު އަމިއްލައަށް ނަގައިލި ކަމުގެ ވާހަކައެވެ. ތިއަދައްކަނީ ތިމާގެ ހުރި ހުރިހާ ތަނަވަސްކަމަކާއި ޞިއްޙަތު ނަގައިލުމަސްވުރެވެސް ބޮޑުކަމެއް (ގެއްލުން ބޮޑުކަމެއް)ގެ ވާހަކައެވެ.  

ސުވާލަކީ އެހިސާބުން ތިމާއަށް ސުވަރުގެ ނުލިބޭނީ ހެއްޔެވެ؟ ސުވަރުގެ ލިބުމަށް ހުރި ހުރިހާ މަގުތަކެއް ބަންދުވީހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ތިބާއަށް ތިއަކުރެވުނީ އންމެ ބޮޑު އެއް ފާފަ ކަމަށްވެފައި ބަންދުވީ ސުވަރުގެ ލިބުމަށް އޮތް އެންމެ ފަސޭހަ މަގު ނަމަވެސް އަދިވެސް މަގުތައް އެބަހުއްޓެވެ. ތައުބާވުމުގެ މަގުތައް އަބަދުވެސް ފަހިކޮށް އޮތަތީއެވެ.  

ބުނަންހެއްޔެވެ؟ އަދި ތިއަ ހިސާބަކުން (މަންމަ މަރުވުމަކުން) ހުރިހާ ދޮރުތައް ބަންދުވެގެނެއް ނުދެއެވެ. މިކަންކަން ކުރަމުން ގެންދާށެވެ!  

- މަންމައަށްޓަކައި ހެޔޮދުޢާކުރުން ގިނަކުރާށެވެ! މަންމަގެ ފާތައް ފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރުން ގިނަކުރާށެވެ!

- މަންމަގެމަތިން ޞަދަޤާތްދޭށެވެ!

- މަންމައަށްޓަކައި ޙައްޖުވެސްވާށެވެ! ޢުމްރާވެސްވާށެވެ!

- ތަނަވަސްކަން ހުރިނަމަ މިސްކިތް އެޅުން ފަދަ ކަންކަންވެސް ކުރާށެވެ! ދެމެހެއްޓެނިވި ޞަދަޤާތަށްވާނެ ކަންކަން ކުރެވޭތޯ ބަލާށެވެ!

- މަންމަގެ އެކުވެރިންނަށް ހެޔޮކޮށްހިތާށެވެ!

- ތައުބާވެ ތިމާގެ ފާފަފުއްސެވުން އެދިދުޢާކުރާށެވެ!   

އިން ޝާ ﷲ އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ!

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން