ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭނަމަ ޝައިޠޯނާ ފައްސައި ދުރުކުރަން ޙަދީޘްފުޅުގަ އޮތް ގޮތަށް ޢަމަލުކުރރުމަކުން އެއީ ކުރި އިތުރު ޙަރަކާތަކަށް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭނަމަ ޝައިޠޯނާ ފައްސައި ދުރުކުރަން ޙަދީޘްފުޅުގަ އޮތް ގޮތަށް ޢަމަލުކުރރުމަކުން އެއީ ކުރި އިތުރު ޙަރަކާތަކަށް ނުވާނެ!: މުފްތީ މެންކް

މީހަކު ނަމާދަށް ފަށާއިރަށް ޝައިޠޯނާ ފާވާނެކަމާއި ނަމާދާއި އެމީހާ ދުރުކުރުވަން ނުވަތަ ޚުޝޫޢަތްތެރި ވިޔަނުދޭން މަސައްކަތްކުރާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

މިބުނެދެނީ ބައެއް މީހުންނަށް އޮޅުން އަރާފައިވާ ކަމެކެވެ. އެހެންކަމުން އޮޅުންފިލުވައިދިނުމުގެ ގޮތުން ހަނދުމަކޮށްލައިދޭނަމެވެ. 

ނަމާދުގައި ޚުޝޫއަތްތެރި ނުވެވޭނަމަ ޝައިޠޯނާ ދުރުކުރަން ރަސޫލް ޙަދީޘްފުޅުކުރައްވަވާފައިވާ ފަދައިން ޢަމަލުކުރާށެވެ! އެއީ އަޢޫޛް ކިޔައި ވައަތްފަރާތަށް 3 ފަހަރު ހިކިކޮށް ކޮޅުޖެހުމެވެ. 

ބައެއް މީހުން އެކަން ނުކުރަނީ އެއީ އިތުރު ޙަރަކާތަކަށްވެދާނެ ކަމަށް ބިރުންނެވެ. އެކަންކުރަން ބިރުނުގަންނާށެވެ! އެއީ އިތުރު ޙަރަކާތަކަށް ނުވާނެއެވެ! 

ޙަދީޘްފުޅުގައިވަނީ އެއީ ޚިންޒަބް ކިޔާ ޝައިޠޯނެއްގެ ކިބައިން އަންނަ ކަމެއް ކަމަށެވެ. 

ނަމާދުކުރަން ފެށުމުން އެ ޝައިޠޯނާ އައިސް ނަމާދުން ބޭރު ކަންކަން ހިތަށް ވައްދުވަނީއެވެ. ކިޔާ ތަކެތި އޮޅުވައިލަނީ އެވެ. ކުރެވޭ ރަކްޢަތުގެ ޢަދަދުވެސް އޮޅުވައިލަނީއެވެ. ނުކުރެވި ހުރި ކަންކަމާއި އެމީހަކު އެންމެ ކުރާހިތްވާ ކަންކަން ހަނދާންކޮށްދީ ނަމާދުން މީހާގެ ވިސްނުން ބޭރުކޮށްލުވަނީއެވެ. 

ނަމާދުން ބޭރު ޙަރަކާތަކަށްވެދާނެ ކަމެއް ނަމާދުގައިހުރެ ކުރަން ރަސޫލް  ޙަދީޘްފުޅެއް ނުކުރައްވަވާނެއެވެ. ވީމާ އެއީ ނަމާދުން ބޭރު ނުވަތަ އިތުރު ޙަރަކާތަކަށްވެދާނެކަމަށް ބިރުގަތުމުގެ ބޭނުމެއް ނެތެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން