ސިޙުރު ހައްދުވާ މީހުން ގިނަވެ ބޮޑު މުޞީބާތަށްވެފައިވާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ސިޙުރު ހައްދުވާ މީހުން ގިނަވެ ބޮޑު މުޞީބާތަށްވެފައިވާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް!: މުފްތީ މެންކް

ދުނިޔެއަށް ފައުޅުވި އެއްވެސް ނުބައިކަމެއް ނެތިގެން ގޮސްފައިވާކަން އެނގޭކަށް ނެތެވެ. އެނގެނީ އިތުރުވަމުން އަންނަ ކަމެވެ. އެއީ އެކަން ހިނަގަމުން ދާނެ ގޮތްކަން ޤަބޫލުކުރަންވާނެއެވެ. މީސްތަކުންނަށް އޮތީ ރައްކައުތެރިވެ ތިބެން މަސައްކަތްކުރުމެވެ. އެއިރުން އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

އެގޮތުން ސިޙުރާއި އެސްފީނާ އާއި ޙަސަދަލުން ޢާންމުވެ ފެތުރިއްޖެއެވެ. ބޮޑު މުޞީބާތަކަށްވެއްޖެއެވެ. ސިޙުރު ހައްދުވާ މީހުން އަންނަނީ ދުަވހެއް ދުވަހަކަށް ގިނަވެ އިތުރުވަމުންނެވެ.

ސިހުރާއި އެސްފީނާގެ ޙަމަލާތަކުގެ އިތުރުން ޝައިޠޯނާގެ ޙަމަލާތައް ކޮންމެ ދުވަހަކުހެން މީސްތަކުންނަށް އަމާޒުވެއެވެ. އެކަންކަމުގެ އަސަރުތައް ކުރެއެވެ. ގެއްލުންތައް ލިބެއެވެ. އެކަންކަމުން ސަލާމަތްވެ ދިފާޢުވުމަށް ބޭނުންކުރަން އޮތް އައްޑަނަ އާއި އަޅައިގެން ހުންނަންވީ ދަގަނޑު ދަހަނާ ވެސް ސުންނަތުން އެނގެން އެބައޮތެވެ. އަހަރެމެންނަށް އޮތީ އެއިގެ ބޭނުންކުރުމެވެ.

އެއީ އާޔަތުލްކުރުސި ޢާއި ކީރިތި ޤްރްއާނުގެ އެންމެ ފަހު 3 ސޫރަތް (އިޚްލާޞް، ފަލަޤް، ނާސް) ހެނދުނާއި ހަވީރު މަދުވެގެން 3 ފަހަރު ކިޔެވުމެވެ. އަދި ޛިކުރުތައްވެސް ކިޔުމެވެ. ފަތިސްނަމާދުކުރުމެވެ.

ކޮންމެ ނަމާދެއްގެ ފަހުގައި ވެސް އާޔަތުލްކުރުސި ޢާއި ކީރިތި ޤްރްއާނުގެ އެންމެ ފަހު 3 ސޫރަތް (އިޚްލާޞް، ފަލަޤް، ނާސް) ކިޔެވުމަކީ އިތުރު ބޯނަސްއެކެވެ. ތިބާގެ ވަށައިގެން ދަގަނޑު ދަހަނާތައް ލެވި ތިބާ ހިމާޔަތް ކުރެވޭ މިސާލުގައި ﷲ ތަޢާލާ ތިބާ ހިމާޔަތް ކުރައްވަވާނެތެވެ.

ސިހުރުންނެވެ. ޖިންނި ޝައިޠާނުންގެ ކިބައިންނެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ކުރިމަތިވެދާނެ ބިރުވެރި ކަންކަމުންނެވެ. އަދި ހަސަދަވެރިކަމާއި އެސްފީނާ އިންވެސް މެއެވެ. އަދި ތިބާއަށް ގެއްލުންދޭން މަސައްކަތްކުރާ މީހުންގެ ކިބައިންވެސްމެއެވެ.

މިކަން ނުކުރާމީހާ އެ އަނިޔާތައް ލިބިގަންނަނީ އެމީހަކު އަމިއްލައަށެވެ. އެހެން މީހަކު ކުސްވެރިކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ސަބަބަކީ މިއީ ހަމަ ކޮންމެ މީހަކަށްވެސް އެހައިމެ ފަސޭހައިން ކުރެވޭނެ ކަމަކަށްވާތީއެވެ. މިކަމަށް ހޭދަވާނީ ގިނަވަގެން އެންމެ 5 މިނިޓާއި 10 މިނިޓާއި ދެމެދުގެ ވަގުތުކޮޅެކެވެ. ފަތިސްނަމާދަށްފަހުގަ ޢާއި މަޣްރިބް ނަމާދަށްފަހު އާޔަތުލްކުރުސި ޢާއި ކީރިތި ޤްރްއާނުގެ އެންމެ ފަހު 3 ސޫރަތް މަދުވެގެން 3 ފަހަރު ކިޔެވުން އާދަކުރާށެވެ! އެކަމަށް ހޭދަކުރަންޖެހޭ ވަގުތުކޮޅަށްވުރެ ލިބޭ ރައްކައުތެރިކަމާއި މާބޮޑުވާނެއެވެ.

މިނަޞޭޙަތް ތަކުރާރުކުރަން މިޖެހެނީ ސިހުރާއި އެސްފީނާގެ އިތުރުން ޝައިޠޯނާގެ އުނދަގޫތައް މީސްތަކުންނަށް ލިބުން އިތުރުވަމުން އަންނާތީއެވެ. އެކަންކަމުގެ އަސަރު ދިރިއުޅުމަށް ކުރާތީ ގިނަ ބައަކު އެކަމުގެ ޝަކުވާކޮށް ޙައްލަކާއިމެދު ސުވާލުކުރާތީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން