ދެމަފިރިންވެސް އަނެކާ އާއިމެދު ދެކެގެން ނުވާނެ ގޮތް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދެމަފިރިންވެސް އަނެކާ އާއިމެދު ދެކެގެން ނުވާނެ ގޮތް-: މުފްތީ މެންކް

ކޮންމެ ދެމަފިރިއަކުވެސް ކައިވެނިކުރާނީ އަނެކާގެ ކިބައިން ކަންތައް ތަކަކަށް ބޭނުންވާތީއެވެ. އެކަންކަމަކީ ކޮބައިކަން ކަނޑައެޅުމުގައި ދެމީހުން އެންމެ ކުރިންވެސް މަޝްވަރާކުރަންވާނެއެވެ. ކައިވެނިކުރަންވާނީ އެކަންކަމަށް މަޝްވަރާކޮށް ޙައްލު ހޯދައިގެންނެވެ. 

ފިރިމީހާއަކީ ތިމާއަށް ބޭނުންވާ ފޭރާމާއި ގަހަނާ އާއި ސެންޓާއި ކާބޯތަކެތި ގެނެސްދޭ މީހާކަމަށް ދެކެގެން ނުވާނެއެވެ! އަދި އަނބިމީހާއަކީ ތިމާއަށް ކައްކައިދޭ، ދޮވެ އިސްތިރިކޮށްދޭ މީހާކަމަށް ދެކެގެން ނުވާނެއެވެ. ޒަވާޖީ ޙަޔާތަކީ މާ މުހިންމު ކަމެކެވެ. ދެމަފިރިންނަކީ މާ މުހިންމު ބައެކެވެ. 

މިސާލަކަށް ދިރިއުޅުމުގައި ކުރަންޖެހޭ ކަމެއް ކުރަން އެކަކު އިސްވެ ޙަވާލުވެދާނެއެވެ. ނަމަވެސް އެއީ އެމީހާގެ ވާޖިބެއް ކަމަށް ދެކެގެންނުވާނެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް ދެމީހުން އެއްވަރަށް އަދާކުރަންޖެހޭ ވާޖިބެކެވެ. 

އެހެންކަމެއްވެސް ފާހަގަކޮށްލާނަމެވެ. ކައިވެނި އެއިގެ ޒާތުގައި އުފާވެރިކަމާއިއެކު ދަމަހައްޓަން ބޭނުންވާނަމަ އަމިއްލައަށް އިސްނަގައިގެން އެކަކު ކުރާ ކަންކަމަށް އަނެކަކު ތަޢްރީފްކުރަންޖެހޭނެއެވެ. އަނެކާ ކޮސްދޭ ކަންކަމަށް ޝުކުރުވެރިވާކަން ދުލާއި ޢަމަލުން ސާބިތުކޮށްދޭންޖެހޭނެއެވެ. 

ދެމަފިރިންވެސް ވާންޖެހޭނީ އަނެކާގެ ޝަކުވާ ކުރަމުން ހިނގާ މީހަކަށް ނޫނެވެ. އަދި ދެމީހުން އަބަދު އެކަކު އަނެކަކަށް ޝަކުވާކުރާ ބައަކަށްވެސް ނޫނެވެ. އެއިގެ ބަދަލުގައި އެކަކު އަނެކަކަސް ހިތްވަރުދީ ޝުކުރު އަދާކޮށް ތަރީފްކުރާ ބައަކަށެވެ. އުފާވެރި ދިރިއުޅުމެއް ހޯދޭނީ އެއިރުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން