އިނާމު ލިބިލައްވައި ނުގެންދަވާ ހުރި ފަރާތްތަކުގެ ސަމާލުކަމަށް! 00 ގަޑި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އިނާމު ލިބިލައްވައި ނުގެންދަވާ ހުރި ފަރާތްތަކުގެ ސަމާލުކަމަށް! 00 ގަޑި!

ރަމަޟާންމަހާއި ގުޅުވައިގެން މިއަހަރުވެސް ކުރިއަށް މިގެންދިއަ ސުވާލުތަކަސް ޖަވާބު ދެއްވި ކިޔުންތެރިންގެ ތެރެއިން އިނާމު ލިބުމަށް ހޮވުނު ހުރިހާ ފަރާތްތަކަށް އެފްބީ މެސެންޖަރ އިން ވާނީ ހަމަ އެދުވަހު މެސެޖްކުރެވިފައެވެ. 

އިނާމު ހޯއްދަވަން އެއްގޮތަކަށްވެސް ނުގުޅުއްވާ ބައެއް ކިޔުންތެރިން އަދިވެސް އެބަތިއްބެވިއެވެ. އަދި ގުޅުއްވި ބައެއް ކިޔުން ތެރެއިން އަދިވެސް ނުގެންދަވާ ހުރީތީ ދަންނަވަމެވެ. 

މައިލޯ ކޭސް ލިބިލައްވައި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ނުގެންދަވާނަމަ ބަދަލުގައި ދެން ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ މައިލޯ ކޭސްތައް ގިނަ ދުވަހަށް ބަހައްޓާނެ ޖާގަ ނެތުމުންނެވެ. މިމަހުގެ ނިޔަލަށް ހުވަނދު ލިބިލައްވާނެއެވެ. 

ހުވަނދު ލިބިލައްވައި ނުގެންދަވައި ހުރި ފަރާތްތަކަށް މިމަހުގެ ނިޔަލަށް އިނާމު ލިބިލައްވާނެއެވެ. ވީމާ 7788020 އަށް ގުޅުއްވައި އަވަހަށް އިނާމު ގެންދެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. 

ނުގެންދަވައި ގިނަދުވަސްވެފައިވާ އިނާމު ހޯއްދަވަން ގުޅުއްވުމުގެ ކުރިން އެފްބީ މެސެންޖަރުން މިއަދުނޫހުން ފޮނުވި މެސެޖް، މެސެޖް ފޮނުވި ތާރީޚް އެނގޭނެ ގޮތަށް ސްކްރީން ޝޮޓެއް ހަމަ އެ އައިޑީން އެފްބީ މެސެންޖަރުން ނުވަތަ ވަޓްސްއަޕުން ފޮނުވާލަދެއްވުން އެދެމެވެ. 

ކޮންމެ ދުވަހަކު ޖަވާބު ދެއްވި އެތައް ސަތޭކަ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ! ކޮންމެ ދުވަހަކުވެސް ވާނީ ސުވާލުގައި ބުނެފައިވާ ޢަދަދުގެ ކިޔުންތެރިންނަށް އިނާމު ދީފައެވެ. މިބުނަނީ އިނާމަށް ހޮވުނު ކިޔުންތެރިންނަށް އެކަން އަންގާފައިވާނެ ކަމަށެވެ. ކިޔުން ތެރިން ދެއްވި ބޮޑު ތަރްޙީބަށް ޝުކުރިއްޔާ ތަކުރާރުކުރަމެވެ. 

އިނާމަށް ހޮވުނު ކިޔުންތެރިންގެ ތެރޭގައި ބައެއް ކިޔުންތެރިން ވަނީ ތަކުރާރުވެސް ވެފައެވެ. އެގޮތަށް ދިމާވި ދުވަސްތަކުގައި އެވަރުން ފުއްދާ ނުލައި ބޯނަސް އިނާމެއްގެ ގޮތުގައި އިތުރު ކިޔުންތެރިއަކަށް ވާނީ އިނާމުދީފައެވެ. އެގޮތަށް އެކަންކުރީ ކިޔުންތެރިން ދެއްވި ތަރްޙީބް ބޮޑުކަމުން ވީހާ ގިނަ ކިޔުންތެރިންނަށް ފުރުޞަތު ދިނުމަށެވެ. 

ކުރިއަށް އޮތްތަނުގައިވެސް ކިޔުންތެރިންގެ ތަރްޙީބް ލިބެމުންދާނެ ކަމަށް އުންމީދުކުރަމެވެ.

 

މިއަދު އޮންލައިން