ޢާއިޝަތު ރަފާޙް ޢަލީ
ވަރުގަދަ ޝަޚްސިއްޔަތެއްހުރި އަންހެނެއް ކަމުގައިވާށެވެ. އެހެން މީހުން ނަމޫނާ ނަގާނެފަދަ ގޮތަކަށް ރޯލް މޮޑެލެއް ފަދައިން ޙިޖާބުވެ ހެދުން އަޅާށެވެ.
އެހެން އަންހެން ކުދީންނަށް ތިބާ ފެންނައިރު، ތިބާގެ ހެދުން އެޅުން ފެނި، ތިބާ ޙިޖާބުވެފައިވާ މިންވަރު ފެނި ﷲ ތަޢާލާގެ އިރާދަފުޅާއެކު އެމީހުން ވެސް ތިބާއަކީ ނަމޫނާއަކަށް ވާނެފަދައިން ކަންކަން ކުރާށެވެ.
ތިބާ ފެނި ﷲ ތަޢާލާގެ ޙަޟްރަތައް އެހެން މީހުންވެސް އެނބުރިދާނެއެވެ. ތިބާ މިސާލަކަށް ނަގައިގެން އެމީހުން ބަލާފާނެއެވެ. ﷲ ގެ އިރާދަފުޅާއެކުގައެވެ. މާޝާ ﷲ
ނަމަވެސް އެގޮތައް ކަންތައް ވާނީ ތިބާ އެކަމުގައި ވަރުގަދައަށް ހިފަހައްޓާގެންނެވެ.
ތިބާ މިފަދައިން ހެދުން އަޅާނަމަ މީހުންގެ ފާޑުކިޔުންވެސް އަންނާނެއެވެ. މިޒަމާނުގައި މީހުން ބަލިކަށި، ނެގެޓިވް، ނުބައި ވިސްނުން ގެންގުޅެނީ ކީއްވެ ހެއްޔެވެ.
އެމީހުންގެ އެއްވެސް އަގެއް، ޝަޚްޞިއްޔަތެއް ނުހުރެއެވެ. ﷲ ތަޢާލާގެ އަމުރުފުޅުތައް ތަންފީޡުކުރުމަށް ލަދުގަނެއެވެ. ﷲ ތަޢާލާގެ ޝަރީޢަތް ތަންފީޛުކުރުމަށް އެމީހުން ލަދުގަނެއެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅުތައް ތަންފީޛުކުރުމަށް އެމީހުން ލަދުގަނެއެވެ. މީހުން އެއްޗެކޭ ބުނެފާނެކަމަށް ނުވަތަ މީހުންގެ ނެގެޓިވް ކޮމެންޓެއް އައިސްދާނެކަމަށް ބިރުގަނެއެވެ.
މިހާލަތުން ސަލާމަތްވެ އަމިއްލަ ނަފްސު އިޞްލާޙްކުރަން މަސައްކަތްކުރާށެވެ.
- ޝައިޚް ޢަޒީޒް ފަރްހާން ޢަނިޒީ