ޝަޢްބާން މަހުން ފެށިގެން ހުށަހަޅަމުން ގެންދިއަ ސުވާލުތަކަށް ޖަވާބު ދެއްވި ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! މިޕްރޮގްރާމް ނުނިމޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޝަޢްބާން މަހުން ފެށިގެން ހުށަހަޅަމުން ގެންދިއަ ސުވާލުތަކަށް ޖަވާބު ދެއްވި ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! މިޕްރޮގްރާމް ނުނިމޭނެ! އިން ޝާ ﷲ

އެެހެން އަހަރުތަކުގައި ސުވާލުތައް ހުށަހަޅަން ފަށަމުން އައީ ރަމަޟާން މަސް ފެށުމުންނެވެ. ނަމަވެސް މިއަހަރު ޝަޢްބާން މަހުގެ މެދުތެރެއިން ފެށިގެން މިއައީ ސުވާލުތައް ހުށަހަޅަމުންނެވެ. 

މިއަދުނޫހުން މަސައްކަތްކުރީ ބޮޑެތި ސުވާލުތަކެއް ހުށަހަޅައިގެން ކިޔުންތެރިން އިމްތިޙާންކުރާކަށް ނޫނެވެ. ދީނާއި ދިރިއުޅުމާއި ބެހޭ ގޮތުން ސަމާލުކަން ޑޭންޖެހިފައިވާ ކަންކަމަށް ކިޔުންތެރިން ހޭލުންތެރިކުރުވޭތޯއެވެ. ސުވާލުގެ ޖަވާބާއި އިތުރު މަޢުލޫމާތު ހުށަހަޅަމުން އައީ އެސަބަބަށްޓަކައެވެ. 

ކޮންމެ ދުވަހަކު ހުށަހަޅާ 2 ސުވާލުގެ އިތުރުން ބޮޑު 2 ޙަރަކާތެއްވެސް ވާނީ ކުރިއަށް ގެންގޮސްފައެވެ. ޙަރަކާތުގައިވާ މުއްދަތު ހަމަވުމާއިއެކު އިނާމުތައްވެސް ވާނީ ޙަވާލުކުރެވިފައެވެ. އެންމެ ބޮޑު އިނާމު (ލެގިލެވޭ މުސައްލައާ 1000 ރުފިޔާ) ލިބުމަށް ހޮވުނީ ށ. ފޯކައިޑޫ ކިޔުންތެރިއެކެވެ. 12 ފުޅި އަތަރާއި 500 ރުފިޔާ ލިބިފައިވަނީ ކޮޅުމަޑުލު ބުރުނީގައި ދިރިއުޅޭ ބ. ހިތާދޫ ކިޔުންތެރިއަކަށެވެ. 

ކޮންމެ ދުވަހަކު ހުށަހެޅި 2 ސުވާލަށް ޖަވާބު ދިނުމުގައި ކިޔުންތެރިންގެ ކިބައިން ލިބުނު ސަމާލުކަން ބޮޑުކަމުން ޤަޞްދުކުރަނީ މި ޙަރަކާތް ހުއްތާނުލައި ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ޛުލްޙައްޖު މަހާއި ހަމައަށް ކުރިއަށް ގެންދާނީ ހަފްތާއަކު 1 ދުވަހުއެވެ. އިން ޝާ ﷲ. ޙައްޖު މަހަށް ކައިރިވުމުން ޙައްޖު މަހު ކުރިއަށް ގެންދާނެ ގޮތް ކިޔުންތެރިންނަށް ދަންނަވާނަމެވެ. އިން ޝާ ﷲ 

ސުވާލުތަކަށް ޖަވާބު ދެއްވި ކިޔުންތެރިންނަށް ވާނީ ދީނީ ގޮތުންނާއި ދިރިއުޅުމުގެ ކަންކަމުގައި ފައިދާކުރާނެ މަޢުލުމާތުތަކެއް ލިބިވަޑައިގެންފައެވެ. އިން ޝާ ﷲ. މިއަދުނޫހަށް ތަނަވަސްކަން ލިބޭމިންވަރަކުން މިޙަރަކާތް ގެންދާނީ އިތުރަށް ފުޅައުކުރަމުންނެވެ. އިން ޝާ ﷲ 

ދީނޫގެ ކަންކަމާއި އަދި ދިރިއުޅުމުގެ ކަންކަމާއި ގުޅިގެން މައުލޫމާތު ހޯއްދަވަން ގުޅުއްވަމުން ގެންދަވާ ކިޔުންތެރިންނަށް ޝައިޚުންނާއި ޢިލްމްވެރިންގެ އަރިހުން މިގެންދަނީ މައުލޫމާތު އޮޅުންފިލުވައިދެމުންނެވެ. 7788020 އަށް ވަޓްސްއަޕުން މެސެޖްކުރެއްވުމުން ނޫނީ ފޯނުން ގުޅުއްވުމުން އެޚިދުމަތް އަބަދުވެސް ލިބިލައްވާނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން