ﷲ ތަޢާލާ ދެއްވަވާ މިނިޢުމަތްތަކާއިމެދު އެކަނި ވިސްނާލިޔަސް ވިސްނުން މުޅި ބަދަލުކޮށްލެވޭނެ! އިން ޝަ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ﷲ ތަޢާލާ ދެއްވަވާ މިނިޢުމަތްތަކާއިމެދު އެކަނި ވިސްނާލިޔަސް ވިސްނުން މުޅި ބަދަލުކޮށްލެވޭނެ! އިން ޝަ ﷲ

ފުރަތަމަވެސް ވިސްނައިލާށެވެ! ތިބާގެ ފުރާނަ ނުގެންދަވައި ދުނިޔޭގައި ލަހައްޓަވާފައިވާކަން އެއީ ކުޑަ ނިޢުމަތަކީ ހެއްޔެވެ؟ ހަމަޤައިމުވެސް ދުނިޔެއާއި ވަކިވާންޖެހޭ ވަޤުތުން ފެށިގެން މީޒާނުގައި ތިބާގެ ކޮޅަށް ބުރަކޮށްދޭނެ އެންމެ ހެޔޮ ޢަމަލެއްވެސް ނުކުރެވޭނެއެވެ.

ތިބާގެ ހަށިގަނޑާއިމެދު ވިސްނައިލާށެވެ! ތިބާގެ ހަށިގަނޑުގަ 37 ޓްރިލިއަން ސެލްވެއެވެ. މިޖުމުލަ ކިޔައި ނިމެންވާއިރަށް އެއގެ ތެރެއިން 50،000 ސެލް އައުވެގެންދެއެވެ. ތިބާގެ ހިތް ދުވާލަކު 100،000 އަށްވުރެ ގިނަ ފަހަރު ޕަމްޕްކޮށް އަހަރަކު 3 މިލިއަން ލިޓަރުގެ ލޭ ދައުރުކުރުވައެވެ.

ހަމައެކަނި މި ނިޢްމަތްތައް ނުލިބުނު ނަމަވެސް އެންމެ ހިނދުކޮޅަކު ނަމަވެސް ތިބާ ދުނިޔޭގައި ހުންނާނެ ހެއްޔެވެ؟

އެއްވެސް މީހަކަށް އެމީހާ ބޭނުންވާ ހުރިހާ ކަންކަން ލިބި ދުވަހަކުވެސް ފުރިހަމައެއް ނުވާނެއެވެ. ދުނިޔޭގެ އެންމެ ތަނަވަސް މީހުން ހިމެނޭ ގޮތަށް ދުނިޔޭގައި ތިބި އެންމެންނާއި ސުވާލުކުރިނަމަވެސް މިނޫން ނަތީޖާއެއް ނުނުކުންނާނެއެވެ. ބޭނުންވާ ހުރިހާ ކަންކަން ޙާޞިލުކުރެވިގެންހުރި ހަމައެކަކުވެސް ނުހުންނާނެއެވެ.

رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ"

"އަޅުގެ ވެރިރަސްކަލާކޮ! އިނބަ ރަސްކަލާނގެ މިއަޅާއަށް ދެއްވެވި ކޮންމެ ހެވަކަށް ހަމަކަށަވަރުން މިއަޅާވަނީ ބޭނުންވެގެންނެވެ." (އަލްޤަޞަޞް: 24)

މިއީ ދުޢާ ކަމުގައި ހަދާށެވެ! ދެއްވެވި މިންވަރަށް ޝުކުރުވެރިވާށެވެ! އުފަލުގައި ހުރެވޭނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން