ޓެސްޓްތަކުން ބަލި ނުއެނގުމާ އެންމެ މޮޅަށް ފަރުވާކުރިޔަސް ޝިފާނުލިބެން މެދުވެރިވާ ސަބަބުތަ އެނގޭނަމަ މީހަކަށް ހަސަދަވެރިވެ އެސްފީނާއެއް ނުލާނެ! ސިޙުރެއް ނުހައްދުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޓެސްޓްތަކުން ބަލި ނުއެނގުމާ އެންމެ މޮޅަށް ފަރުވާކުރިޔަސް ޝިފާނުލިބެން މެދުވެރިވާ ސަބަބުތަ އެނގޭނަމަ މީހަކަށް ހަސަދަވެރިވެ އެސްފީނާއެއް ނުލާނެ! ސިޙުރެއް ނުހައްދުވާނެ!

ބެންކޮކްފަދަ ބޭސްފަރުވާގެ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުން އެންމެ އަގުބޮޑު ފަރުވާ ކުރިޔަސް ވަރަށް އާދައިގެ ބަލިތަކަށްވެސް ޝިފާ ނުލިބުމާއި އަދި ބަލި ދެނެގަތުމަށް އުނދަގޫތައް ކުރިމަތިވާކަން ފާހަގަކޮށް ބައެއް ކިޔުންތެރިން ކަންބޮޑުވުން ފައުޅުކުރެއެވެ.

ކޮންމެ މީހަކަށް ކަންކަން މެދުވެރިވާނީ އެއް ސަބަބަކާއިހުރެ ކަމަށް ބުނާކަށް ނެތީމެވެ. ދެރަ ގޮތަކަށް ކަންކަން ކުރިމަތިވަނީ އެމީހެއްގެ ނުބައިކަމުންކަމަށް ބުނާކަށްވެސް ނެތީމެވެ. ނަމަވެސް ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން މިފަދަ ޙާލަތު ކުރިމަތިވާން ގިނަފަހަރު މެދުވެރިވާ ސަބަބުތައް އެނގިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ

އަހަރެންނަކީ މެޑިކަލް ޑޮކްޓަރަކީމެވެ. ގިނަ ބައަކު ފަރުވާ ހޯދަން އަހަރެންގެ ގާތަށް އައުދެއެވެ. އަހަރެންނަށް އެނގިހުރި ޢިލްމެއްގެ މައްޗަށް ބުރަވެ އެންމެންނަށްވެސް ފަރުވާދެނީ އެންމެ ރަނގަޅަކަށެވެ. ކުރަންޖެހޭ ޓެސްޓްތައްކޮށް އެބައްޔަކަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއެކެވެ.

އެހެނަސް ބައެއް މީހުންނަށް ޝިފާ ނުލިބި ގިނަ ދުވަސްވެއެވެ. އިތުރަށް ގޯސްވެސްވެއެވެ. އަހަރެމެންނަށް ދެވޭނީ ފަރުވާއެވެ. ޝިފާ ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީމާ އެޙާލަތުގައި އަހަރެމެންނަށް ކުރެވޭނެ އިތުރުކަމެއް ނުއޮވެއެވެ.

ނަމަވެސް އަހަރެންގެ ތައުޖުރިބާއިން ކަމެއް ހިއްޞާކޮށްލާނަމެވެ. ޝިފާ ނުލިބި ލަސްވުން އަދި އިތުރަށް ގޯސްވުން ފަދަ ކަންކަމާއި ގުޅިގެން އަހަރެން އެފަދަ މީހުންނަށް ނަޞޭޙަތްތެރިވަމެވެ. "މީހެއްގެ ޙައްޤެއް އަދާނުކޮށް އޮތްނަމަ އެކަން ކުރުމަށެވެ. އެއްވެސް މީހަކަށް ދެރައެއްދީ ގެއްލުމެއް ދެވިފައިވާނަމަ މާފަށްއެދި ހިތްހަލާލް ހޯދުމަށެވެ. އަދި އެއްވެސް މީހަކަށް ސިހުރުހަދައި، އެސްފީނާލުން ނުވަތަ މީހަކާއިމެދު ހަސަދަލައިގެން އުޅޭނަމަ ތައުބާވެ އެމީހެއްގެ ކިބައިން މާފަށް އެދުމަށެވެ. މީގެ އިތުރުން ފާފަކުރުމުން ދުރުހެލިވެ ތައުބާވުން ގނަކުރުމަށެވެ."

އެކަންކުރުމުން އެއިގެ ތެރެއިން ވަރަށް ގިނަބައަކަށް ލުއިލިބެންފަށައެވެ. ޝިފާވެސް ލިބެއެވެ.

އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. މިފަދަ ޙާލަތު ކުރިމަތިވާ މީހުންގެ ތެރޭގައި މީހުންނަށް ސިހުރު ހައްދުވާ މީހުންނާއި އެސްފީނާލައި މީސްތަކުންނާއިމެދު ހިތުގައި ހަސަދަލައިގެން އުޅޭ މީހުން ވަރަށްގިނަކަން ވެސް ފާހަގަކުރެވެއެވެ. އަދި ބޮޑެތި ފާފަތައް ކުރަމުން ގެންދާ މީހުންވެސް ހިމެނެއެވެ.

މިފަދަ ނުބައި ކަންކަން ކުރާނަމަ އެކަމެއް އެމީހުންނާއި އަރައިހަމަކުރާނެއެވެ. ކޮންވަގުތަކު ކޮންސިފައެއްގައި ކަމެއް ނުއެނގޭނެއެވެ. އެފަދަ ކަންކަންކޮށްފައިވުމުން ބަލިން ޝިފާ ލިބުމަށް ހުރަސްއެޅޭ ޙާލަތުގައި އެމީހުންގެ ޓެސްޓްތަކަކުން އެފަދަ ކަމެއް އެމީހާކުރިކަމެއް ނުއެނގޭނެއެވެ. ވީމާ ޓެސްޓްތަކުން އެއްވެސް މައްސަލައެއް ނުފެންނާނެއެވެ.

އަހުރެންގެ ނަޞޭޙަތަކީ އިސްލާމްދީނުގައި ނަހީ ކުރައްވަވާފައިވާ ހުރިހާ ކަމަކުންވެސް ދުރުހެލިވެ ހުރުމެވެ. ތިމާއަކީ ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ މީހަކު ކަމުގައިވުމެވެ. ﷲ ތަޢާލާ ރަޙްމަތް ލައްވަވާނީ އެއިރުންނެވެ.

--ޑރ. އަންވަރު ޙުސައިން / ކަރާޗީ، ޕާކިސްތާން

މިއަދު އޮންލައިން