މީހަކަށް ދަތިޙާލަތެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވުމުން އެއީ އޭނާގެ ނުބައިކަމުން މެދުވެރިކުރެއްވެވި ޙާލަތެއް ކަމަށް ބުނަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މީހަކަށް ދަތިޙާލަތެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވުމުން އެއީ އޭނާގެ ނުބައިކަމުން މެދުވެރިކުރެއްވެވި ޙާލަތެއް ކަމަށް ބުނަން ހެޔޮނުވާނެ!

 

ކަންކަމަށް ކަންބޮޑުވެ ހާސްކަމުގައި އުޅެން ޖެހުމަކީ އެމީހަކަށް ކުރެވޭ ފާފަތަކުގެ ސަބަބުން ނުވަތަ އެމީހަކަށް ކުރެވުނު ކުށެއްގެ ސަބަބުން އެކަނި ކުރިމަތިވާ ކަމެއް ކަމަށް ދެކެގެން ނުވާނެއެވެ. އެހެނީ އެފަދަ ކޮންމެ ކަމަކީވެސް އިންސާނާގެ ދުނިޔަވީ ޙަޔާތާއި ގުޅިފައިވާ ކަމެއްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އެފަދަ ކަންކަން ކުރިމަތިކުރައްވަވައި މީސްތަކުން އިމްތިޙާން ކުރައްވަވާނެކަން ވަހީބަސްފުޅުން އެނގެން އޮތުމުންނެވެ.

މިބަހުގެ މާނައަކީ މީހަކު ﷲ ތަޢާލާއަށް އުރެދި ފާފަކުރުނަމަތީގައި ހުންނަނަމަ އެމީހަކަށް މުޞީބާތްތައް ކުރިމަތިނުކުރެއްވެވުވުމެއް ނޫނެވެ. ﷲ ތަޢާލާއަށް އުރެދި ނަހީކުރެއްވެވިކަންކަން ކުރާނަމަ މުޞިބާތްތައް ކުރިމަތިކުރައްވަވާނެކަންވެސް ހަމަ ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.

މިބުނާ ބަހުގެ މާނައަކީ މީހަކަށް މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ އެއީ އޭނާގެ ނުބައިކަމުން ކުރިމަތިކުރެއްވެވިކަމެއްކަމަށް ބުނެގެން ނުވާނެކމެވެ. އެހެނީ އެމީހަކަށް މުޞީބާތް ކުރިމަތިކުރެއްވެވި ސަބަބު މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެއީ އެމީހާގެ ތަޤްވާވެރިކަން އިތުރުވެ ހެޔޮ ރަޙްމަތް ލެއްވެވުމަށް މެދުވެރިކުރައްވަވާ ސަބަބެއް ކަމަށްވުމަކީވެސް ހަމަ ވަރަށް ގާތުގައި އޮތް ކަމެކެވެ.

ހަޤީޤަތް މިފަދައިން އޮތްނަމަވެސް ދަތިޙާލަތާއި މުޞީބާތްތައް ކުރިމަތިކުރެއްވެވުމުން މީސްތަކުނާއިމެދު ނުބައި ގޮތްގޮތަށް ހީކުރެވި ނުބައި ބަސްތައް އެބަ ބުނެވެއެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ.

މީސްތަކުންގެ އުޅުމަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ކޮންމެ ކަމެއް އެންމެ މޮޅަށް އެނގެނީ ތިމާއަށް ކަމަށް ޤަބޫލުކުރެވުމެވެ. ތަކުރާރުކޮށްލާނަމެވެ. އެހެންވެ ކަންކަމަށް ވިސްނާނުލައި އެމީހަކަށް ވިސްނޭ ގޮތަށް ބަސްތައް ބުނެއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ.

ދަތިޙާލަތުން އަރައިގަތުމަށް އަސްތަޣްފާރުކުރަން ނަޞޭޙަތްތެރިވެވިދާނެއެވެ. އެއީ ޙަދީޘފުޅުގައި އެކަން ކުރަން އޮތުމުންނެވެ. ނަމަވެސް އެހެން ބުނަންވާނީ އެމީހާ ކުށްވެރިކުރާ އުޞޫލަކުން ނޫނެވެ. ނަޞޭޙަތުގެ ގޮތުންނެވެ. ނަޞޭޙަތްތެރިވުމާއި ކުށްވެރިކުރުމަކީ މުޅިންތަފާތު ދެކަމެކެވެ. ބަސްބުނަންވާނީ މިކަންކަމަށް ވިސްނައިގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން