އަލްޙަމްދުކިޔުމަކީ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމެއް! ކިޔަވާއިރު އެންމެ ފިއްޔެއް ބަދަލުވުމަކީވެސް ވަރަށް ނުބައި މާނައަކަށް ބަދަލުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އަލްޙަމްދުކިޔުމަކީ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމެއް! ކިޔަވާއިރު އެންމެ ފިއްޔެއް ބަދަލުވުމަކީވެސް ވަރަށް ނުބައި މާނައަކަށް ބަދަލުވާނެ!

ޙަދީޘްފުޅުގައި އޮތީ އަލްޙަމްދު ނުވަތަ ސޫރަތުލްފާތިޙާ އާއި ނުލައި ނަމާދެއް ނުލިބޭނެ ކަމަށެވެ. ވީމާ މުޅިނަމާދަށް ސަމާލުކަންދޭންޖެހޭއިރުވެސް ނަމާދުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން މިޖެހެނީ އަލްޙަމްދު ކިޔެވުމަށެވެ. އަދި ކިޔަވަންވީ ވީހައި ރިވެތިކޮށް ކަމަށްވެސް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. އަވަސްއަރުވާލައިގެން ކިޔެވުމުން މަޤްޞަދު ޙާޞިލެއް ނުވެއެވެ. ނަމާދު ނަމާދަކަށްވެސް ނުވާނެއެވެ!  

ވީމާ އަލްޙަމްދު ކިޔަވާއިރު ތަޖުވީދަށާއި އަކުރުތައް ފުރިހަމައަށް ކިޔަން ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެއެވެ. އިމާމާގެ ފަހަތުގައި ކިޔެވިނަމަވެސްމެއެވެ.  

އެކަމުގެ ވަރަށް ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ.  

صِرَاطَ الَّذِیْنَ اَنْعَمْتَ عَلَیْهِمْ 

ކިޔަވާއިރު ބައެއް މީހުން އަވަސް އަރުވާލައި "އަނަޢަމްތަ" އެބަކިޔައެވެ. އެހެން ކިޔެވުމުން މާނަ އެދަނީ މުޅިން ބަދަލުވެގެންނެވެ. "--އިނބަރަސްކަލާނގެ ނިޢްމަތް ދެއްވެވި މީހުންގެ މަގެވެ" ބުނުމުގެ ބަދަލުގައި އެބުނެވެނީ ތިމާ ނިޢްމަތްދިން މީހުން ކަމަށެވެ. ފުރޮޅިގެން މިދަނީ ކިހައި ނުބައިކަންބޮޑު ގޮތަކަށް ހެއްޔެވެ؟  

އަދިވެސް ގިނަބައަކަށް ފަރުވާކުޑަކުރެވޭ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ "ޞާދު" ކިޔާއިރު ޞާދަށް ފަރުވާކުޑަކުޑަކޮށްލައިގެން ކިޔުމެވެ. އެއިރުން ވާގޮތަކީ "ޞިރާޠު"ގެ ބަދަލުގައި ސިރާތު ކިޔުމެވެ. ލިބިގަންނަން މިއެދެވެނީ "ޞިރާޠު" މަގެވެ. ވީމާ މިހުރީ ހަމަ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭނެ ކަންކަމެވެ. ޞާދާ ސީނު އޮޅުވައިނުލާށެވެ!  

އިޞްލާޙްކުރުމަށްޓަކައި ވީޑިއޯ އަޑުއައްސަވައިލައްވާށެވެ! 

https://www.facebook.com/105177794454961/videos/467846991204156 

މިއަދު އޮންލައިން