ލޮބުވެތި ދަރިންނޭވެ! މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް، އެންމެ މަތިވެރި، އަދި އެންމެ ލޮބުވެތިކަންބޮޑު އެއް ޢަމަލަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ލޮބުވެތި ދަރިންނޭވެ! މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް، އެންމެ މަތިވެރި، އަދި އެންމެ ލޮބުވެތިކަންބޮޑު އެއް ޢަމަލަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ!

ދަންނައެވެ. މައިންބަފައިން ދަރިންނަށް އަނިޔާވެރިވުމަކީ ދަރިން މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްގުތައް (އަދާނުކޮށް) ދޫކޮށްލަންޖެހޭ ކަމެއްނޫނެވެ. މައިންބަފައިންގެ މައްޗަށްވާޖިބުވެގެންވަނީ ދަރިންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރުމެވެ. ހަމައެފަދައިން ދަރިންގެ މައްޗަށް ވާޖިބުވެގެންވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.  

މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް، އެންމެ މަތިވެރި، އަދި އެންމެ ލޮބުވެތިކަންބޮޑު އެއް ޢަމަލަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެއްވެސް މީހަކު އެމީހެއްގެ ބައްޕަ އަޅެއްގެ ގޮތުގައިވަނިކޮށް މިނިވަންކޮށްފުމަށް ދާންދެން ބައްޕަ ކޮށްދިން ހެޔޮކަންތަކުގެ ބަދަލު ދިންކަމަކަށް ނުވާނެއެވެ". 

އެހެންކަމުން މައިންބަފައިންގެ ޙައްގުތަކަކީ ވަރަށް މަތިވެރި ޙައްގުތަކެކެވެ. މައިންބަފައިންނަށް އަބަދާއި އަބަދު ހެޔޮ ދުޢާކޮށްދޭން ޖެހެއެވެ. 

ފިރިމީހާގެ މަންމަމެން ނުރުހުމުގެ ސަބަބުން އަނބިމީހާ ވަރިވާކަށް ނުޖެހެއެވެ. އަދި ފިރިމީހާގެ މައިންބަފައިންނަށް ޚަރަދު ނުކުރިކަމުގައިވީނަމަވެސް އަނބިމީހާ އަކީ ވެސް އޭނާ ޚަރަދު ދީ ބަލަހައްޓަން ޖެހޭ މީހެއް ކަމުން އޭނާއަށް ޚަރަދު ދޭން ޖެހެއެވެ. އަދި ޙަލާލުވެސް ވާނެއެވެ.

والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

ޝައިޚް މިތަނުގައި ބަޔާންކުރައްވާފައި އެވަނީ މައިންބަފައިންނަށް ޚަރަދުކުރާނެ ދަރިން ތިބުމުން ތިމާއަށް ނުލިބޭ ޙާލުގައި އެމީހުންނަށް ޚަރަދުނުކުރިޔަސް އަނބިދަރިންނަށް ޚަރަދުކުރަންޖެހޭނެ ވާހަކައެވެ. އެމީހުންނަށް ޚަރަދުކުރާނެ އެހެން ބައަކު ނުތިބޭނެތީއެވެ. އެއްވެސް ޙާލެއްގައި ޝައިޚް އެވަނީ މައިންބަފައިންނަށް ޚަރަދުނުކުރަން ހިތްވަރުދެއްވާފައި ކަމަށް ނުބައްލަވާށެވެ!

 

މިއަދު އޮންލައިން