ޞިއްޙަތަށް ބެލުމުގެ ނަމުގައި ބައިބޮއި ހެދޭތަކެއްޗަށް ބަދަލު ގެންނަމުންގޮސް މިވަނީ ބޮޑު ޒަލްޒަލާއެއް ގެނެވިފައެވެ. ބަތާ ރޮށި ފަދަ ޢާންމުކޮށް ކައި މިއުޅެވޭ ތަކެތި ކެއުމުން ފަލަވަނީ؟ ބަރުވަނީ؟ ލޮޑުވަނީ؟ ކަމަށް ބުނަމުން ލުއިކޮށްލަން، ލޫޅާފަތިވެލަން ކައިބޮއިހެދޭ ތަކެތި ކައިބޮއި ހެދުމުން މިވަނީ އަދި މާގޯސް ގޮތެކެވެ. ނިދަން އުނދަގޫވަނީއެވެ. ހަމަ ނިދި ނުލިބެނީއެވެ.
އެންމެ ފަހުގެ ދިރާސާތަކުގައި ބުނަނީ:
"މާ ގިނައިން ޕްރޮސެސްޑް ޖަންކް ފުޑް ކެއުމަށްފަހު ހަށިގަނޑަށް ގޮތުން އުނދަގޫވާހެން ހީވާނަމަ، ޔަގީނުންވެސް އެއީ ނިދުމަށް އެއްވެސް ހެޔޮކަމެއް ނުކުރާނެ ކަމެކެވެ. އަދި ނިދަން އުނދަގޫވުމާއި ހަމަނިދި ނުލިބުން ފަދަ ކަންކަން ކުރިމަތިވާނެ ކަމެކެވެ."
"ޕިއްޒާ ޕެކްތަކަކީ ސެޗުރޭޓެޑް ފެޓް އަދި ސޯޑިއަމް ގިނައިން ހުންނަ އެއްޗަކަށް ވާތީ ޑަބަލް ވަމީ އެވެ."
"ސެޗުރޭޓެޑް ފެޓް ގިނައިން ހުންނަ ކާނާ، ރޭގަނޑު ކެއުމުން ދުރުހެލިވާން ޖެހޭ — މިސާލަކަށް ބަޓަރ، އައިސްކްރީމް، އަދި ފްރެންޗް ފްރައިސް ފަދަ ފްރައިޑް ކާނާ،"
ގިނަ މީހުން ރޭގަނޑު ގެއިން ކައިގެން ބޭރަށް ގޮސް އެކުވެރިންނާއިއެކު ތަންތަނަށް ވަދެ ކައިބޮއި ހެދޭތަކެއްޗަށްބަލާއިރު ގިނައިން ބޭނުންކުރެވެނީ މިބާވަތުގެ ކާނާއެވެ. ވީމާ އެކަމުގެ ސަބަބުން ފަސޭހައިން ނިދިނައުމާއި ހަމަނިދި ނުލިބުމުގެ މައްސަލަތައް ކުރިމަތިވުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު