ހުޝިޔާރުވެ ސަލާމަތްވާތި!: ﷲ ތަޢާލާ އާއިމެދު މާޔޫސްކުރުވަން ޝައިޠޯނާ ޖަހާ އެންމެ ވަރުގަދަ ދަންތުރަ-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހުޝިޔާރުވެ ސަލާމަތްވާތި!: ﷲ ތަޢާލާ އާއިމެދު މާޔޫސްކުރުވަން ޝައިޠޯނާ ޖަހާ އެންމެ ވަރުގަދަ ދަންތުރަ-!: މުފްތީ މެންކް

އަހަރެމެން މުސްލިމުން އެންމެ ބޮޑަށް ރައްކައުތެރިވާންޖެހޭނީ ޝައިޠޯނާގެ ދަންތުރައަށެވެ! މަޅިފަތްޗަށެވެ. ޝައިޠޯނާ އޭތީގެ މަޅިތައް އަބަދުވެސް ތަރުތީބުކޮށް ގިރިޓީކުރާނެއެވެ. އެމަޅިތަކުގައި ޖެހުމަށް މީސްތަކުން ޝައުޤުވެރިވާނެ ހުރިހާ ކަންކަން ކުރާނެއެވެ.

"ތިމަންނަ މިވެނި ކަމަކަށް އެދި މިހައި ގިނަފަހަރު، މިހައި ގިނަ ދުވަހު ދުޢާކޮށްފީމޭ، އިޖާބައެއް ނުކުރެއްވެވިއޭ، ﷲ ތަޢާލާ އެވަނީ އަހަރެން ދޫކޮށްލައްވަވައިފައެވެ!" މިބާވަތުގެ ވަސްވާސްތައް ހިތަށް ވައްދުވަނީ ސީދާ އިބިލީހެވެ. އެ ވަސްވާސްތައް ޤަބޫލުކުރެވޭ ހިސާބުން އެމީހާގެ އީމާންކަމުން އެވަނީ ވަރަށް ބޮޑުބައެއް އުނިވެގެން ގޮސްފައެވެ. ޝައިޠާނާގެ ކޮޅު އެވަނީ ވަރަށް ބޮޑަށް ގަދަކޮށްފައެވެ.

ތިމާ ކުރި/ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރެއްވެވި ކަމަށް އެއްވެސް މީހަކު ޤަބޫލުކޮށްފިނަމަ އެމީހާގެ އީމާންކަމުން ބޮޑު ބައެއް އެވަނީ އުނިވެފައެވެ. އަދި އެމީހާ އެވަނީ ޝައިޠާނާގެ މަޅީގައި ޖެހި ވަރަށް ބޮޑަށް ތާށިވެފައެވެ.

މިއީ އަބަދުހެން ބުނެވޭ ބަހެއްނަމަވެސް ތަކުރާރުކޮށްމިލީ ގިނަ ބައަކަށް ނުއެނގިތިބެ ނަމަވެސް ޝައިޠޯނާގެ މި މަޅިފަތީގައި ޖެހެވެމުން އަންނާތީއެވެ.

މިވާހަކަ ވަރަށް ގިނަ ދަރުސްތަކުގައި ބުނަމެވެ. ތަފާތު އިބާރާތުން ކިޔައިދެމެވެ. އެކަން ކުރަންޖެހެނީ ވަރަށް ހެޔޮ ލަފާ މީހުންވެސް ޝައިޠާނާގެ މިމަޅީގައި ޖެހޭލެއް ގިނަކަމުންނެވެ. އެއީ ޝައިޠާނާގެ މަޅިއެއްކަން ނުއެނގި ތިބެ އެ މަޅީގައި ޖެހެވޭ މީހުންގެ ނިސްބަތް އިތުރުވާތީއެވެ.

 

އަބަދުވެސް ޤަބޫލުކުރަން ޖެހޭނީ ތިމާ ކުރި ދުޢާ އިޖާބަ ކުރައްވާފައިވާ ކަމަށެވެ. އެކަމުގެ އެންމެ ރަނގަޅު ވަގުތު ޖެހުމުން ހިންމަވައި ދެއްވަވާނެ ކަމަށެވެ. އަދި ލަސްވާނަމަ ލަސްވާ ވަރަކަށް ދުޢާކުރުން ގިނަކުރާށެވެ. އިސްތިޣްފާރުކުރުން ގިނަކުރާށެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށެއް ނުލައްވަވާނެތެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން