ފިރިމީހާއަތުން އަބިމީހާ ވަގަށް ފައިސާނެގުމަކީ ކޮންކަހަލަކަމެއް؟
ފިރިމީހާގެ މުދަލުންވެސް ވައްކަން ކުރުމަކީ ޙަރާމް ކަމެކެވެ. އަނބިމީހާ އަށާއި ދަރިންނަށް ބޭނުންވާ ޙައްގު ފުރިހަމަ އަށް ފިރިމީހާ ނުދޭކަމަށްވަނީ ނަމަ އެމީހުންގެ ބޭނުންތައް ފުދޭވަރަށް ފިރިމީހާގެ މުދަލުން ނެގުމުގެ ހުއްދަ އަނބިމީހާ އަށް އޮވެއެވެ. واللهتعالىأعلم.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިންދު އަށް ޙަދީޘް ކުރެއްވިއެވެ.
(خُذِي مَا يَكْفِيكِ وَوَلَدَكِ بِالْمَعْرُوفِ)متفق عليه.
މާނައަކީ: "ކަމަނާ އަށާއި ކަމަނާގެ ދަރިފުޅުގެ ޚަރަދަށް ބޭނުންވާ ވަރަށް ނަގާށެވެ."
ބައެއް ސުވާލާ ޖަވާބު!
ވުޟު ކުރުމަށްފަހު އައިސް މޭކަޕްކޮށްގެން ނަމާދުކުރުމަކީ ކޮންކަހަލަކަމެއްތޯ؟
މޭކަޕް ކުރުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. އަދި ނަމާދު ބާޠިލްވާ ކަމެއްވެސް ނޫނެވެ. މޭކަޕް ކުރަންވާނީ ހަމައެކަނި ފިރިމީހާ އަށް ފަރި ދެއްކުމަށްޓަކައެވެ. ހިލޭފިރިހެނުންނަށް ދެއްކުމަކަށް ނޫނެވެ. واللهتعالىأعلم.
އަޅުގަނޑު އަޅުގނޑުގެ ކޮއްކޮމެންނަށް ކާރޓޫންފިލްމު ދައްކާހަދަމެވެ. ޓޮމްއެންޑްޖެރީ، ބަގްސްބަނީ، ބެންޓެން، އަދިވެސް ޓޯއިކާރޓޫން ދައްކާހަދަމެވެ. މިކަމަކީ އަޅުގަނޑަށް ކުރެވޭ ރަނގަޅުކަމެއްތޯއެވެ؟
ކާރޓޫނުގައި ދީނާއި ޚިލާފް ކަންތަކެއް ހިމެނިފައި ނުވަނީ ނަމަ މައްސަލަ އެއް ނެތެވެ.واللهتعالىأعلم.
ދޭތެރެދުރުކުރުމަށް ޖަހާއިންޖެކްސަން ޖެހުމަކީ ކޮންކަހަލަކަމެއް؟
ޞިއްޙަތަށް ގެއްލުމެއް ނުވަނީނަމަ މައްސަލަ އެއް ނެތެވެ. واللهتعالىأعلم.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް