ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވުމުން ގިނަ ބައަކު ރަނގަޅަށް ކާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމަކިރިޔާ ކޮއްޅަށް ހުރެލެވޭވަރަށްކާށެވެ. އަދި ކަނީވެސް އަނގައަށް މީރު، ފަސޭހައިން ކައިލެވޭ ލުއިކާނާގެ ބާވަތްތަކެވެ. ނުވަތަ ތައްޔާރީ ކާނާއެވެ. އަންހެނަކުނަމަ ކައްކަންވެސް ބޭނުންނުވަނީއެވެ.
ތައްޔާރީކާނާގެ ގިނަ ބާވަތްތައް އުފައްދާފައި ހުންނަނީ ގިނައިން ލޮނުއަޅައިގެންނެވެ. މީރުކުރަން އަޅާފައި ހުންނަ ގިނަ ބާވަތްތަކެއްގެ ސަބަބުން ލޮނުގިނަކަން ފާހަގަނުކުރެވެނީއެވެ.
ދެން މިވާ ގޮތަކީ ލޭމައްޗަށް ދިއުމުގެ މައްސަލަވެސް ކުރިމަތިވާން ފަށަނީއެވެ. އަދި ޑިޕްރެޝަންގެ މައްސަލަވެސް ބޮޑުވަނީއެވެ. ޑިޕްރެޝަން މައްސަލަތައް އުފެދެން ފެށުމުން ގިނަ ބައަކަށް ލޭ މައްޗަށް ދިއުމުގެ މައްސަލަތައް ކުރިމަތިވެ ބޭސްކާންޖެހޭ ސަބަބަކީވެސް ހަމައެއީއެވެ.
ސައިންސްވެރިން މިކަން މިހާރުވަނީ ހޯދައިފައެވެ. އަދި އިލްތިމާސްކުރަނީ ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވުމުން ކެއުމަށް ފަރުވާތެރިވުމަށެވެ. ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ކެއުމަށެވެ. ތަރުކާރީ އާއި މޭވާ ކެއުން ގިނަކުރުމަށެވެ. ތައްޔާރީ ކާނާ، ޚާއްޞަކޮށް ލުއިކާނާ ކެއުން ބޮޑުތަނުން މަދުކުރުމަށެވެ.
- މަޢުލޫމާތު: ޏިއްޙީ ޚަބަރު