އަނބިމީހާއަކީވެސް ﷲ ތަޢާލާގެ އަޅެކެވެ! ކިތަންމެ ނިކަމެތި ނަމަވެސް އުފާވެރިކަން ނުލިބި އަބަދު ހިތާމަކުރަން އިންނަންޖެހޭނެ ކަމަށް ހީވެސް ކޮށްގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަނބިމީހާއަކީވެސް ﷲ ތަޢާލާގެ އަޅެކެވެ! ކިތަންމެ ނިކަމެތި ނަމަވެސް އުފާވެރިކަން ނުލިބި އަބަދު ހިތާމަކުރަން އިންނަންޖެހޭނެ ކަމަށް ހީވެސް ކޮށްގެން ނުވާނެ!

ބައިވެރިޔާ ބޭވަފާތެރިވާކަމުގެ ޚަބަރެއް ލިބިއްޖެނަމަ އެކަން ދެނެގަނެ އަވަހަށް ފިޔަވަޅުއަޅަން ބޭނުންވާ ފިރިހެނުން އަންހެނުންނަށްވުރެ ގިނަކަން ޤަބޫލުކުރަންޖެހެއެވެ. އެއީ މައްސަލައެއް ނޫނެވެ. ދިރިއުޅުން ސަލާމަތްކޮށް އުފާވެރި ދިރިއުޅުމެއް އުޅެން މަސައްކަތްކުރުމުގައި ބޮޑީ ފިރިހެނުންގެ މަސްއޫލިއްޔަތުކަމަށްވާތީއެވެ.  

ވިސްނައިލަން މިޖެހޭ ކަމަކީ އަނބިމީހާ ދެރަވެ ނިކަމެތިވީމާ، ނުވަތަ ދަރިންތަކެއް ލިބި ބަނދެވިފައި އިނުމަކީ ފިރިން އަނބިންނަށް ބޭވަފާތެރިވާން ޙައްޤުލިބޭ ސަބަބެއް ހެއްޔެވެ؟ ހަމަޔަޤީނުންވެސް އެކަން އެހެންނަކުން ނުވާނެއެވެ.  

ވީމާ ތިމާ އަނބިމީހާއަށް ބޭވަފާތެރިވީމާ ތެޅިފޮޅި ނުގަނެ އަނބިމީހާ ކެތްތެރިވެލަނީ އެކަމަށް ހިތްރުހިގެން ކަމަށް ހީވެސްނުކުރާށެވެ! ފަހަރެއްގައި އޭނާގެ ލޮލުން ފައިބާ ކަރުނަތައް ފިރިމީހާއަށް ނުދައްކައި ހިތްވަރުކޮށްފާނެއެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އޭނާ އެކަމަށް ދެރަވެ ހިތުގައި ނުޖެހޭތީއެއް ނޫނެވެ. ކެތްތެރިވެލުމުންވެސް ފިރިމީހާއަށް ވިސްނި އިޞްލާޙްވެދާނެ ކަމުގެ އުންމީދުގައެވެ. ޔަޤީންކުރާށެވެ! އޭނާގެ ލޮލުންފައިބާ ކަރުނައިގެ އަގު އޭނާ ހޯދާނެއެވެ. ހޯދުނު ގޮތަކަށް ހޯދާނެއެވެ!  

ހުރިހާ ފިރިންވެސް ވިސްނާށެވެ! އެއްވެސް އަންތބަކު އަބަދު ކެތެރިވެގެނެއްވެސް ނުއިންނާނެއެވެ. ކިތަންމެ ކުޑަ ފުރުޞަތެއް ލިބުނަސް ހަށިފޮޅައިލާނެއެވެ. އެޙާލަތުގަ ހުއްޓުވަން ކުރާ މަސައްކަތް އޮންނާނީ ކާމިޔާބު ނުކުރެވިފައެވެ. އަދި އެންމެ ނިކަމެތި އަނބިމިހާއަށްވެސް އުފާވެރި ދިރިއުޅުމެއް ނުލިބި އަބަދު އިންނަންޖެހޭނެ ކަމަށްވެސް ހީނުކުރާށެވެ! އަނބިމީހާއަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. ދުނިޔެއަށް ފޮނުއްވެވީވެސް ﷲ ތަޢާލާއެވެ.  

ޙައްލަކީ ދެމީހުންވެސް އެކަކު އަނެކަކަށް ވަފާތެރިވުމެވެ. ބޭވަފާތެރި ނުވުމެވެ. ވައްކަންކޮށް މަކަރުހެދުން ފަދަ ކަންކަން ނުކުރުމެވެ. އުފާވެރިކަމުގެ ތަޅުދަނޑިއަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން