ބަލީގެ ސަބަބުން ކުޑަކަމުދާން ހޮޅިގުޅާފައި އޮންނަ މީހާއަށްވެސް ނަމާދުކުރަންޖެހެއެވެ. އެއީ ޢުޛުރެއް ކަމަށް ބަލައި ނަމާދު ނުކުރުމެއް ނެތެވެ. މިވާހަކަ ތަކުރާރުކޮށްލަން ޖެހުނީ އެފަދަ ޙާލުގައި ތިބެންޖެހިފައިވާ މީހުން ގިނަވަމުން އަންނާތީއެވެ.
އެފަދަ ޙާލުގައި އޮންނަމީހާ ކޮންމެ ނަމާދަކަށް ވުޟޫކޮށްގެން ނަމާދު ކުރާނީ އެވެ. އަމިއްލައަށް ވުޟޫނުކުރެވޭނަމަ އެހެން މީހުން އެކަމަށް އެހީތެރިވެދޜނީއެވެ.
ތަފާތު މައްސަލަތައް ކުރިމަތިވެ ޔޫރީންބޭގް އާއިއެކު އުޅެންޖެހިފައިވާ މީހުން ވެސް މަދެއް ނޫނެވެ. އެމީހުންނަށް ހިނގައި އުޅެވެއެވެ. ނަމަވެސް ބޭގް ހިފައިގެންނެވެ. އެމީހުންނަށް އަމިއްލައަށް ވުޟޫކުރެވޭނަމަ އަމިއްލައަށް ވުޟޫކުރާނީއެވެ.
ބަލިވެގެން ކުޑަކަމުދާހޮޅި ގުޅާފަ އޮންނަ މީހަކުކުރާ..... (ހާނިޔާ) މައްސަލަ ޖެހިފަ އޮންނަ މީހަކު ކުރާ، ހިތުން ކުރިކަމުގަވިޔަސްވެސް އޭނާ ކުރާ ނަމާދު ސައްޙަވާނެ ހެއްޔެވެ؟ މިހެންމިބުނަން މިޖެހުނީ ހޮޅި ގުޅާފައޮންނަކަމުގަ ވަނީވިއްޔާ ވުޝޫ އެައްވެސް ނުކުރެވޭނެ ނޫންތޯ؟ އޭނާ އޮންނާނީވެސް ސާފްތާހިރުކަންމަގައެއްވެސް ނޫނެއްނޫންތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މިފަދަ ޙާލުގައި އޮންނަމީހާ ކޮންމެ ނަމާދަކަށް ވުޟޫކޮށްގެން ނަމާދު ކުރާނީ އެވެ. واللهأعلم
- ސުވާލުގެ ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް