ނަމާދު އަވަސްކުރުމެއް ނެތް! އަވަސްކޮށްލާނެ ކަމަށް ބުނެގެންވެސް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ނަމާދު އަވަސްކުރުމެއް ނެތް! އަވަސްކޮށްލާނެ ކަމަށް ބުނެގެންވެސް ނުވާނެ!: މުފްތީ މެންކް

ކުރަން އުޅޭކަންކަން ކުރަން އުނދަގޫވުމާއި ދިރިއުޅުމުގައި ކުރިނުއެރުން ފަދަ ކަންކަން ކުރިމަތިވާނަމަ ފުރަތަމަ ކަމަކަށްވެސް ނަމާދުކުރަން ތިމާއަށް ސަމާލުކަން ދެވޭ މިންވަރާއިމެދު ވިސްނާލަންވާނެއެވެ. އިޞްލާޙްކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް އިޞްލާޙްކޮށްލަންވާނެއެވެ. އެހެނީ ކޮންމެ ކަމެއްގައިވެސް ކާމިޔާބު ލިބުން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަމަށްވާތީއެވެ. 

އޮފީހުގައިވިޔަސް ގޭގައިވިޔަސް އަދި ކޮންމެ ތަނެއްގައިވިޔަސް ނަމާދު ވަޤުތު ޖެހުމުން ފުރަތަމަކަމަކަށް އޮތީ ނަމާދުކުރުމެވެ. އެއިރު ކުރަމުން އައި ކަންކަން ކުރުން މަޑުޖައްށާލާފައިވެސް އޮތީ ނަމާދުކުރުމެވެ.  

ފުރަތަމަ ކަމަކީ ނަމާދު އަވަސްކޮށްލައިގެން ނުވާނެކަމެވެ. ކޮންމެ ނަމާދެއްވެސް ކުރަން ޖެހޭނީ ޙަދީޘްފުޅުގައިވާ ފަދައިން އެއީ ތިމާއަށް ކުރެވޭނެ އެންމެ ފަހު ނަމާދުކަމަށް ބަލައިގެންނެވެ. މުހިންމު ކަމެއް އޮތްނަމަ ޛިކުރުކުރުމާއި ސުންނަތްކުރުން ފަސްކޮށްލެވިދާނެއެވެ. ނަމަވެސް ވަޤުތު ޖެހުމުން ނަމާދު ފަސްކުރުމެއް ނެތެވެ. 

އެކަން އެގޮތަށް ކުރާ މީހުންވެސް އުޅެއެވެ. އެކަމަކު ބައެއް މީހުންނަށް ކުރެވޭ ކުށެއް ފާހަގަކޮށްލާނަމެވެ.  

މިޘާލަކަށް އިނީ މީހަކާއި ބައްދަލުކުރާށެވެ. އޭނާއަށް ދަޢުވަތުދިނުމުން ނަމާދުކުރާނީ ފަހުން ކަމަށް އެމީހަކު ބުނެފާނެއެވެ. އެގޮތަށް ދިމާވެއްޖެނަމަ ގިނައިން ބުނެވެނީ "މަޑުކޮށްލާށެވެ! ވަރަށް އަވަސްކޮށްލައިގެން (ނަމާދު ވަރަށް އަވަސް އަވަހަށް ކޮށްލައިގެން) އެބަ އަންނަމެވެ.!"  

މިއީ ބުނެވޭ ވަރަށް ކުށް ބަހެކެވެ. ކުރިން ބުނި ފަދައިން ނަމާދަކީ އަވަސްއަވަސްކޮށްލައިގެން ކުރަން އޮތް އަޅުކަމެއް ނޫނެވެ. މުހިންމު ކަމެއް މެދުވެރިވެގެން ނަމާދު ކުރުކުރަން ހުއްދަވެގެންވާ މިންވަރަށް ކުރުކުރިނަމަވެސް އެވާހަކަ ބުނެގެން ނުވާނެއެވެ. އެއިރުން އެވަނީ ކަމަކަށް ކަމެއްކުރި ކަމަށެވެ.  

ވީމާ ނަމާދު އަވަސްއަވަސްއަވަހަށް ކޮށްލާނެ ކަމަށް ބުނެގެންނުވާނެއެވެ. އަދި އަވަސް އަވަހަށް ކޮށްލައިގެންވެސް ނުވާނެއެވެ! ސަބަބަކީ ނަމާދުކުރުމަށްވުރެ މުހިންމު ކަމެއް އަހަރެމެންނަށް ނެތުމުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން