ހިތަދޫ 3 ގެއަކަށް ގެއްލުންދީފި!

އަހުމަދު
ކިޔުމަށް ހޭދަވާނީ 49ސ
ހިތަދޫ 3 ގެއަކަށް ގެއްލުންދީފި!

އައްޑޫ ސިޓީ ތިން ގެއަކަށް މިއަދު ހެނދުނު ގޭންގަކުން ވަދެ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

އައްޑޫލައިވްއިން ރިޕޯޓުކޮށްފައިވަ ގޮތުން، މިއަދު ހެނދުނު ސ. ހިތަދޫ، ވައިޓްހީރާ ނަމަކަށް ކިޔާ ގެއަކަށް ބަޔަކު ވަދެ، އެގޭގައި ދިރިއުޅޭ 12 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ ވަނީ އަނިޔާ ކޮށްފައެވެ. އަދި، އެއަށްފަހު ސ. ހިތަދޫ ޕޫލްބަހާރު އަށް ބަޔަކު ވަނީ ކަތިވަޅި ހިފައިގެން އެ ގޭގެ ތެރޭގައި ހުރި ޓީވީ، އައިސް އަލަމާރި އަދި އަވަން ފަދަ ތަކެތި ހަލާކު ކޮށްލާފައި ވާކަމަށެވެ. ގޭގައި ހުރި ގޮނޑިތައް ވެސް ވަނީ އެއްކޮށް ފުނޑުފުނޑުކޮށްލާފައެވެ.

މީގެ އިތުރުން އައްޑޫލައިވްގެ ރިޕޯޓުގައި ވާގޮތުން ސ.ހިތަދޫ ކައުސަރުހިޔާގެ ބޭރުގައި ހުރި ކުޑަ ބަދިގެއެއް ހުޅުޖަހައި އަންދާލާފައި ވެއެވެ.

މި މައްސަލަތައް މިހާރު ވަނީ ޕޮލިހަށް ރިޕޯޓްކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އަދި މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މިއަދު އޮންލައިން