ބަލިވެ އެނދުގައި ތިބެންޖެހޭ މީހުންނަށްވެސް ނަމާދުކުރަން ޖެހެއެވެ. ވީމާ އެނދުމަތިވެފައި އޮންނަން ޖެހުމަކީ ނަމާދުނމުކުރަން ދެއްކެން އޮތް ޢުޚުރެއް ނޫނެވެ.
ކޮޅަށްހުރެ ނަމާދު ކުރުމުގެ ކުޅަދާނަކަން ލިބިބެން ނުވާ މީހާ އިށީނދެ އިނދެގެން ނަމާދު ކުރަން ޖެހެއެވެ. އިށީނދެ އިނދެގެން ނުކުރެވިއްޖެނަމަ އޮށޯވެ އޮވެގެންނެވެ. އޮށޯވެ އޮވެގެންވެސް ޙަރަކާތް ނުކުރެވޭނަމަ ލޮލުން އިޟާރާތްކޮށްގެންނެވެ. ހަށަމްބަންނަ ކަމަށް އިޝާރާތްކުރާނީއެވެ. އެއަށްފަހު ނަމާދުގައި ކުރާކޮންމެ ޙަރަކާތެއްވެސް އިޝާރާތުން ކުރާނީއެވެ. واللهتعالىأعلم.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް