ފާޠިމަތު ނަޢީޝާ
ޢިލްމްވެރިން ބަޔާން ކުރައްވާ ގޮތުގައި ޤިޔާމަތްވުން ގާތްވަމުން އަންނަވަރަކަށް ފެންނާނެކަން އެނގެންހުރި ކުދި ޢަލާމާތްތައް އަންނަނީ ފެންނަމުންނެވެ. މިހާރު ނުފެނި ހުރި ކަންކަމުގެ ތެރޭގައި ގިނައީ އެންމެ ފަހުން ފައުލުވާނެ ބޮޑެތި ޢަލާމާތްތަކެެވެ
ޤިޔާމަތް ދުވަސް ކައިރިވެއްޖެކަމުގެ ބޮޑެތި ޢަލާމާތްތަކާއި ކުދި ޢަލާމާތްތައް އިސްލާމްދީނުގައި އަހަރެމެންނަށް އަންގަވާފައިވެއެވެ. އެދަވަހަކީ ކަނޑައެޅިގެން ކޮންދުވަހެއްކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އެކަލާނގެއެވެ. ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގެންހުރީ ހަމައެކަނި ޢަލާމާތްތަކެވެ.
ޤިޔާމަތުގެ ބޮޑެތި 10 ޢަލާމާތް:
• އިމާމް މަހްދީ ފާޅުވުން • ދައްޖާލް ފާޅުވުން
ދައްޖާލު ފާޅުވުމަށްފަހު، އޭނާ އަކީ ކަލެއްކަމަށް ދަޢުވާކުރާނެތެވެ. އުނޑުން ވާރޭ ވެއްސުން ފަދަ ބާރުތައް ދައްޖާލަށް ލިބިގެންވެއެވެ. އޭގެ ސަބަބުން އެއީ ކަލެއްކަމަށް އެތައް ބަޔަކު ޤަބޫލުކުރާނެއެވެ. އިމާންތެރިކަން ވަރުގަދަ މުއުމިނުން މެނުވީ ދައްޖާލަކަށް ތަބަޢައެއްނުވާނެއެވެ.
• ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބާވަޑައިގަތުން ދައްޖާލު ފާޅުވުމަށްފަހު ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބާވަޑައިގަންނަވާނެތެވެ. އަދި އެކަލޭނގެފާނު ދައްޖާލު ނެތިކޮށްލައްވާނެތެވެ. އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ކީރިތި ރަޞޫލާ محمد الصلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " ތިމަންކަލޭނގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ ބާރުގެ ދަށުގައިވާ މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ޙާކިމެއްގެ ގޮތުގައި ޢިބުނު މަރްޔަމް (ޢީސާ ޢަލައިހިއްސަލާމް) ފައިބައިވަޑައިގަތުން ހަމަކަށަވަރުން ގާތްވެއްޖެއެވެ. އެކަލޭގެފާނު ފައިބައި ވަޑައިގެން ޞަލީބުތައް ހަލާކުކުރައްވައި އޫރުތައް ގަތުލުކުރައްވާނެއެވެ. އަދި ޖިޒީނެގުން ހުއްޓުވައިލައްވާނެއެވެ. އެއްވެސް މީހަކު ބޭނުންނުކުރާ މިންވަރަށް މުދާ ގިނަވެގެންދާނެއެވެ. އެންމެ ސަޖިދައެއްވެސް ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަށްވުރެ ހެޔޮކަންބޮޑު ކަމެއްކަމުގައި ވެއްޖެއުމަށްދާންދެނެވެ." (ބުޚާރީ 2476)
• ޔަޢުޖޫޖު އަދި މަޢުޖޫޖު ބާގައިގެ މީހުން ފާޅުވުން
• 40 ދުވަހަށް ދެމިގެންދާ ދުންގަނޑެއް ފާޅުވުން
سورة الدّخان ގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " ފަހެ، ފާޅުވެގެންވާ ދުމަކައިގެން އުޑު އަންނަނިވި ދުވަހަށް އިންތިޒާރު ކުރާށެވެ! އެ ދުން މީސްތަކުން ފޮރުވައިލާނެތެވެ. އަދި އެއުރެން ބުނާނެތެވެ. މިއީ ވޭންދެނިވި ޢަޛާބެކެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން ޢަޛާބު ފިއްލަވާންދޭވެ! ހަމަކަށަވަރުން، އަޅަމެން އީމާންވާހުށީމުއެވެ. އެއުރެން ނަޞޭޙަތް ލިބިގަންނާނީ ކޮންފަދައަކުންހެއްޔެވެ؟ އެއުރެންގެ ގާތަށް ބަޔާންވެގެންވާ ރަސޫލެއްވަނީ ވަޑައިގެންފައެވެ." (10-13)
• ބިމު ދާއްބައެއް ފާޅުވުން
"އެއުރެންގެ މައްޗައް ޢަޛާބުގެ ބަސްފުޅު ޙައްޤުވާ ހިނދު ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެއުރެންނާ ވާހަކަދައްކަމުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާން ނުވާ ބަޔަކު ކަމުގައި މީސްތަކުންވިއެވެ." (سورة النّمل : 82)
• ހުޅަނގު ފަރާތުން އިރުއެރުން
• ބިންގަނޑު ކެނޑި އަނޑިއަށް ދިޔުން
ބިންގަނޑު ކަނޑައިގެންގޮސް އަނޑިއަށް ދިޔުމުގެ މައިގަނޑު 3 ހާދިސާއެއް ހިނގާނެއެވެ. އެއީ ޢަރަބި ޖަޒީރާގައިއާއި، ހުޅަނގުގައާއި، އަދި އިރުމަތީގައެވެ.
• އަލިފާނގަނޑެއް ފާޅުވުން
• ގެފުޅު މުގުރާލުން (ތަޅާލުން)
އަބިއްނިއްސިއާ ގެ ޛުލް-ސުވައިޤަޠައިން ނަމަކަށް ކިޔާ މީހެއް ގެފުޅު މުގުރާލުމަށްފަހު އޭގައިވާ ހަޒާނާތަކާއި ގެފުޅުގެ ކިސްވަ ގެންދާނެކަމަށްވެއެވެ. (ޞަޙީހް މުސްލިމް)
https://islamtheultimatepeace.com/10-signs-of-judgement-day/