ދުޢާކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދުޢާކުރަން އެންމެ ފައިދާހުރި ގޮތް-

ކޮންމެ ކަމެއް ކުރިނަމަވެސް އަބުވެސް ވިސްނަނަންވީ އެކަމެއް ކުރުމުން ތިމާއަށް އެންމެ ބޮޑަށް ފައިދާހުރި ގޮތުގައި ކުރުމަށެވެ. ވީމާ ދުޢާކުރުމަށް ބެލިނަމަވެސް އެހެން މީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީ ހުރިހާ ގޮތަކުންވެސް އެންމެ ފައިދާހުރި ގޮތެވެ!

އެހެނީ އަޚާއަށް ނުއަންގައި އޭނާއަށްޓަކައި ހެޔޮދުޢާކުރުމުން ދުޢާކުރި މީހާއަށްވެސް ހަމައެފަދައިން ރަޙްމަތް ލެއްވެވުން އެދިވަޑައިގެން މަލާއިކަތަކު ދުޢާކުރައްވަވާނެތެވެ.

ކޮންމެ ދުވަހަކުވެސް ކުރަން އެންމެ މުހިންމު ކަމަކީ އެމީހާގެ އީމާންކަން ފުރިހަމަކުރުމެވެ. އީމާންކަން ފުރިހަމަ ނުވުމަކީ ނަރަކައިގައި މުއްދަތެއް ހޭދަކުރަންޖެހިދާނެ ކަމެއްކަން ކުރީ ދަރުސެއްގައި ބަޔާންކުރީމެވެ.

ވީމާ އަހަރެމެންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި އާއި ފާފަ ފުއްސެވުން އެދި ދުޢާކުރާއިރު އެހެން މީހުންގެ މައްޗަށްވެސް ހަމަ އެފަދައިން ދުޢާކުރަން ވާނެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ތިމާކުރާ އަޅުކަމުގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބިގަތުމަށް ކުރާ މަސައްކަތުގައި މިކަމަށް ދޭ ސަމާލުކަން ވަރަށް ބޮޑަށް އިތުރުކުރަން ވާނެއެވެ. އެހެނީ އެހެނީ އެހެން މީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީ އީމާންކަން ފުރިހަމަކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން