ކޮންމެ ޢުމުރެއްގަވިޔަސް މައިންބަފައިންދޭ ހެޔޮނަޞޭޙަތް ބޮލާލާޖަހަން ހެޔޮ ނުވާނީ ކީއްވެ؟: ޝައިކް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކޮންމެ ޢުމުރެއްގަވިޔަސް މައިންބަފައިންދޭ ހެޔޮނަޞޭޙަތް ބޮލާލާޖަހަން ހެޔޮ ނުވާނީ ކީއްވެ؟: ޝައިކް މުޙައްމަދު ހޮބްލޮސް

ބައްދަލުވި ޒުވާނަކު ސުވާލުކުރިއެވެ. "އަހުރެން މިހުރީ ބޮޑުވެފައެވެ. ދިރިއުޅެނީ އަމިއްލައަށެވެ. އެހެންވީއިރު އަހުރެން ކުރަން ބޭނުންވާ ކަމެއް ނުކުރަން މައިންބަފައިންދޭ ނަބޭޙަތް ޤަބޫލުކުރަންޖެހޭނެ ހެއްޔެވެ؟"  

އެވަޤުތު ހިތަށް އެރިއެވެ. މިތިބަ ޒުވާނުންގެ ވިސްނުމެއް މިވަނީ ކިހިނެއްވެފައި ހެއްޔެވެ؟ އޭނާ ބޮޑުވެ އަމިއްލަ މަސައްކަތުން ދިރިއުޅެނީ އުޑުން ފައިބައިގެން ހެއްޔެވެ؟ މަންމަގެ ބަނޑުގައި ނުއޮންނަނީ ހެއްޔެވެ؟ ކުޑަކުޑަ ތުއްތު ތުއްތު ކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އުފަންވުމުން މައިންބަފައިން އޭނާ ގެންގުޅެ ބޮޑުނުކުރަނީ ހެއްޔެވެ؟ މިއަދު ބޮޑު މުސާރަ އެލިބެނީ މައިންބަފައިން ކިޔަވައިދިނީތީ ނޫން ހެއްޔެވެ؟  

އަހުރެން ބުނީމެވެ. ދަރިފުޅާއެވެ. "މަންމް ނުވަތަ ބައްޕަ އެއިން މީހެއްގެ ބޫޓުކިބައެއް ދީފައި ތޮތްޕެއްހެން ބޮލުގައި އަޅަން ބުނި ނަމަވެސް އެކަން ކުރާށެވެ! އެބޫޓުކިބައިގައި އަގެއް ހުރެގެނެއް ނޫނެވެ. އެދިން މީހާގެ އަގުބޮޑުކަމުންނެވެ."  

ބުނަންހެއްޔެވެ؟ މުޅި ދުނިޔޭގައި އަތްފުނާ އެޅިޔަސް ހެޔޮލަފާ މައިންބަފައިންނަށްވުރެ ބޮޑަށް ތިއަ ދަރިން ދެކެ ލޯބިވާނެ މީހަކު ނުފެންނާނެއެވެ. އެދެމީހުންނަށްވުރެ ބޮޑަށް ތިއަ ދަރިންނަށް ހެޔޮއެދޭނެ މީހަކުވެސް ނުފެންނާނެއެވެ. ވީމާ ތިބާގެ ޢުމުރުން ވީދުވަހަށް ނުބަލާށެވެ! ދިރިއުޅެވޭ ތަނަވަސްކަމަށްވެސް ނުބަލާށެވެ. މަންމަ ނުވަތަ ބައްޕަ ހެޔޮ ނަބޭޙަތެއް ދީފިނަމަ އެކަން ޤަބޫލުކުރާށެވެ! ޢަމަލުކުރުމުން ކުރާނެ ބޮޑު ފައިދާ ތިބާއަށް ނުވެސް ވިސްނޭނެއެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން