ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރައްވަވާ ޙަޔާތްޕުޅާއިމެދު ކުރާ ބައެއް ސުވާލުގެ ޖަވާބު-: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރައްވަވާ ޙަޔާތްޕުޅާއިމެދު ކުރާ ބައެއް ސުވާލުގެ ޖަވާބު-: ޝައިޚް ޢާޞިމް އަލްޙަކީމް

ބައެއް މީހުން ސުވާލުކުރެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކައްވަޅުގައި ޙަޔާތްޕުޅު ހޭދަކުރައްވަމުން ގެންދަވާނީ ހަމަ ދުނިޔޭގައިވެސް ޙަޔާތްޕުޅު ހޭދަކުރެއްވެވި ގޮތަށް ހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ ނޫނެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ސުވަރުގެ ވަޑައިގެންފައެވެ. 

މިޘާލަކަށް ދުނިޔެ ނިމި ޤިޔާމަތްވަންދެންވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަށިކޮޅަކަށް އެއްވެސް ބަދަލެއް ނުއަންނާއެވެ. އަދި ހުރިހާ ރަސޫލްބޭކަލުންގެ ހަށިކޮޅަށްވެސްމެއެވެ. އެއިގެ މާނައަކީ އަހުރެމެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޤަބުރުފުޅު ފަސްދާނުލެވިފައިވާ މަހާނަ ކައިރިއަށް ގޮސް ސަލާމް ގޮވީމާ ޖަވާބު ދެއްވަވާނީ ހެއްޔެވެ؟  

އެއްގޮތަކަށްވެސް އެކަން އެހެނެއް ނުވާނެއެވެ. އެކަމަކު ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް މީހަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަފައިނަމަ އެކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ގެންގޮސްދެއްވާނެ މަލާއިކަތުން ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ. ވީމާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ގިނަގިނައިން ޞަލަވާތްކިޔަވާށެވެ! އެކަމުގެ ފައިދާ އެމީހަކަށް ކުރާނެއެވެ. އެކަން ޤުރްއާނުން އެނގެން އެބައޮތެވެ.  

ރަސޫލް ޞައްލަﷲ ޢލައިހި ވަސައްލަމަގެ ހަށިކޮޅު ކައްވަޅުގައި އޮތްނަމަވެސް ފުރާނަފުޅުވަނީ ސުވަރުގޭގައެވެ. އަދި ބަރުޒަޚުގެ ޢާލަމުގައި މީހާގެ ފުރާނަވާހައި ހިނދަކު އެފުރާނައަށް އަމިއްލައަށް އެއްވެސް ކަމެއް ކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ނުދެއްވަވަތެވެ.  

ދެން ބައެއް މީހުން ކުރާ ސުވާލަކީ ދުނިޔޭގައި މިހާރު ހިނގަމުން މިދާ ކަންކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެނގިވަޑައިގަންނަވާނެ ހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ ނޫނެކެވެ. އެއީ އެކަން ވަރަށް ށާފުކޮށް އެނގެން އޮތުމުންނެވެ.  

ޤިޔާމަތް ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙައުޟުކޮޅުން އުންމަތުގެ އެންމެންނަށް ފެންފޮދު ދެއްވަވަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ބޭނުންފުޅުވެވަދައިގަންނަވާނެއެވެ. ނަމަވެސް ބައަކަށް މަލާއިކަތުން ހުރަސް އަޅުއްވަވާނެތެވެ. އެހިނދު "އުންމަތީ! އުންމަތީ!" އެވެ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާނެތެވެ. ނަމަވެސް އެހިނދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވޭނެތެވެ. "ކަލޭގެފާނަށްފަހު އެމީހުން އުޅުނު ގޮތް ކަލޭގެފާނަށް އެނގިވަޑައެއް ނުގަންނަވައެވެ."  އެހެންކަމުން އެނގިގެން މިދިއައީ ދުނިޔޭގައި ހިނގަމުން މިދާ ކަންކަން

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެނގިވަޑައިނުގަންނަވާނެ ކަމެވެ.  

- ޝައިޚް ޢާޞިމް އަލް ޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން