ކައިބޮއި ހެދުމުގަ ޞިއްހަތަށް ގެއްލުން ލިބި ފާފަވެރިވެވޭ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކައިބޮއި ހެދުމުގަ ޞިއްހަތަށް ގެއްލުން ލިބި ފާފަވެރިވެވޭ ގޮތް-

ދިރިހުރުމަށްޓަކައި ކައިބޮއި ހެދުމަކީ ކުރަންޖެހޭނެ ކަމެކެވެ. ވީމާ ކޮންމެ މީހަކީވެސް ކާން ޖެހޭނެ މީހެކެވެ. އެކަމަސް އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. ކޮންމެ މީހަކަށްވެސް ދިރިއުޅެވޭނީ ކައިބޮއި ހަދައިގެން ކަމަށްވާތީއެވެ.  

ކައިހެދުމުގައި 2 ބޭނުމަކު ނުވަތަ ދެގޮތަކަށް އެކަންކުރާ ބައަކު އުޅެއެވެ. އެހެނީ އެއްބައަކު ދިރިއުޅެނީ ކާންވެގެންނެވެ. އަނެއްބައަކު ކަނީ ދިރިހުންނާށެވެ.  

މިހެން ބުނީމާ މިބުނާ އެއްޗެއްގެ މާނަ ނުއެނގިދާނެއެވެ. މިބުނަނީ އެއްބައަކު ދިރިއުޅުމުގައި އެންމެ ބޮޑު އުފަލެއް ކަމުގައި ދެކެނީ ވީހައި މީރުކޮށް ވީހައި ގިނައިން ކެއުމަށެވެ. އަނެއްބައަކު ކަނީ ދިރިހުންނަން ކޮންމެހެން ކާންޖެހޭތީއެވެ. އެމީހުން ކާނީ ކިރިޔާފުދޭނެ މިންވަރަށެވެ.  

ވިސްނަންޖެހޭނެ ކަމަކީ ފުރަތަމަ މިބުނި ފަދައިން ދިރިއުޅުމުގައި އެންމެ ބޮޑު އުފަލަކީ ވީހައި މީރުކޮށް ވީހައި ގިނައިން ކެއުން ކަމުގައި ހަދައިފިނަމަ އެކުރެވެނީ ފާފައެކެވެ. އަދި ތިމާގެ ޞިއްޙަތަށް އެދެވެނީ ވަރަށް ބޮޑު ގެއްލުމެކެވެ. އެކަމުގެ ސަބަބުން ޞިއްހަތަށް ބޮޑެތި ގެއްލުންތައް ލިބި ނުރައްކައުތެރި ބަލިތައް ޖެހެއެވެ. ފަލަވެ ޢާންމު ޙާލަތުގައި ދިރިއުޅެން އުނދަގޫތައް ކުރިމަތިވެއެވެ. ވަރުބަލިވާތީ މަސައްކަތް ނުކުރެވޭ ޙާލަތަށް ދެއެވެ. 

ދެވަނައަށް މިބުނި ފަދައިން ކަނީ ދިރިހުންނަން ކޮންމެހެން ކާންޖެހޭތީ ކިރިޔާފުދޭނެ މިންވަރަށް ކަމަށް ހަދައިފިނަމަ އެކުރެވެނީ އަޅުކަމެކެވެ. އެކަމުން އެމީހެއްގެ ޞިއްޙަތަށް ކުރާނީ ފައިދާއެވެ. ބަލިތަކުން ސަލާމަތްވެ ހުންނަން ފުރުޞަތުލިބޭނެއެވެ. ދިރިއުޅެން ކުރަންޖެހޭ މަސައްކަތްކުރަން ފަސޭހަވާނެއެވެ. 

ސުންނަތުގައި އޮތީ ގޮހޮރުގެ ތިންބައިކުޅަ އެއްބައަށް ކައި އަދި އެއްބައަށް ފެންބޮއި އަދި އަނެއްބައި ނޭވާލުމަށްޓަކައި ހުސްކޮށް ބެހެއްޓުމަށެވެ. މިފަދައިން ޢަމަލުކުރާމީހާއަށް އެކަމުން ކުރާ ފައިދާތައް ވަރަށް ގިނަކަން ސައިންސްގެ ހޯދުންތަކުންވެސް މިއަދުވަނީ ޔަޤީންކުރެވިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން