މަދިރީގެ ކިބައިވާ މިކަންކަން އެނގުނަސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތައް އެނގި ޙައިރާންވެވޭނެ! ބިރުވެތިވެސް ވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
މަދިރީގެ ކިބައިވާ މިކަންކަން އެނގުނަސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތައް އެނގި ޙައިރާންވެވޭނެ! ބިރުވެތިވެސް ވެވޭނެ! އިން ޝާ ﷲ

ﷲ ތަޢާލާގެ ކުޅަދުންވަނަތަކަން ބޮޑުކަމާއިމެދު ވިސްނާ މީހުން މަދުވެއްޖެއެވެ. އެކަންކަން އުނގެނެންވެސް ގިނަ ބައަކު ބޭނުމެއް ނުވެއެވެ. ނަތީޖާއަކަށްވަމުން މިދަނީ މީސްތަކުން ﷲ ތަޢާލާގެ ދީނާއި ދުރުހެލިވެވުމެވެ.

މަދިރީގެ ޙަޤީޤަތް:

ގިނަ ފަހަރަށް މަދިރި އުޅޭކަން އެނގޭނީވެސް ގައިގައި ހެފުމުންނެވެ. ނުވަތަ "ބޫން" އަޑު ލައްވަން ފެށުމުންނެވެ. އެއީ މަދިރީގެ ކުޑަކަމުންނެވެ. މަދިރިއަކީ ކިތަންމެ ކުޑަކުޑައެއްޗެއް ނަމަވެސް މަދިރީގައި ލައްވަވާފައިވާ ކަންކަމަށް ނިކަން ވިސްނައިލަބަލާށެވެ.

އެކުޑަކުޑަ ސޫފީގައި 3 ހިތްވެއެވެ. އަނގައިގައި 48 ދަތްވެއެވެ. ލޮލުގައި އިތުރު 100 ލޯވެއެވެ.

އެނގޭހެއްޔެވެ؟ މަދިރީގެ ތެރެއިން މީހުންގެ ގައިގައި ހަފަނީ އަންހެންމަދިރިއެވެ. ފިރިހެން މަދިރިއެއް ނުހަފާނެއެވެ. ބައެއް މީހުންގެ ގައިގައި މަދިރިހަފާފައި އަނެއްބައި މީހުންގެ ގައިގައި ނުހަފާ ސަބަބާއިމެދު ސުވާލު އުފައްދައެވެ.

އެސުވާލުގެ ޖަވާބަކީ މަދިރި ލޭބުއިމުގެ އެލެޔެއް އޭތީގެ ހަށިގަނޑުގައިވާ ލެބޯޓްރީން ޓެސްޓްކޮށް ބެލުމަށްފަހު އެލެޔަކުން އެއްޗަށް ގެއްލުން ލިބޭނެ ލެޔެއް ނުބޯނެވެ.

ﷲ ތަޢާލާ ވަނީ މަދިރީގެ ވާހަކަ ކީރިތި ޤުރްއާނުގައިވެސް ބަޔާންކުރައްވަވައިފައެވެ.

"ހަމަކަށަވަރުން މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް ﷲ ލަދުވެތިވެވޮޑިގެނެއް ނުވެތެވެ. ފަހެ، އީމާން ވި މީހުން، އެ މިސާލަކީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޙައްޤު ގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ. އަދި ޖާފިރުވި މީހުން ބުނެތެވެ. ތިޔަ މިސާލުން، ﷲ އިރާދަކުރެއްވީ ކޮންކަމެއް ބާވައެވެ؟ އެ މިސާލުން، އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ. އަދި ހަމަ އެ މިސާލުން، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ. ފާސިޤުން މެނުވީ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ."

(އަލްބަޤަރާ: 26)

މަދިރި ފަދަ ކުޑަކުޑަ އެއްޗެއްގެ ވާހަކަ ޤުރްއާނުގައި އޮތުމުން ކަންބޮޑުވެ އެވާހަކަދައްކާ މީހުންގެ ގާތުގައި ބުނެލަން އޮތީ އެތި ކުޑަވީމާ ވަނީ ކޮންކަމެއް ހެއްޔެވެ؟ އެކުޑަކުޑައެތީގައި ލައްވަވާފައިވާ ކަންކަމަށް ވިސްނުމުން ﷲ ތައާލާގެ ކުޅަދުންވަންތަކަމާއިމެދު ޢަޖައިބުވާން ނުޖެހެނީ ހެއްޔެވެ؟

ސައިންސްވެރިން ހޯދިހޯދުންތަކުން 3000 އަށްވުރެ ގިނަ ވައްތަރުގެ މަދިރި އުޅޭކަން ވަނީ އެނގިފައެވެ. އަދިވެސް ހޯދުންތައް ނިމުނީއެއް ނޫނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން