އަހުރެމެންނަކީ އިންސާނުންނެވެ. ވަރަށް ބޮޑެތި ފާފަތައް ކުރެވިފައިވާނެއެވެ. ހަޑިމުޑުދާރުކަން ބޮޑުކަމުން އެންމެ ގާތް މީހުންނަސް އެނގުނަސް ލަދުގަންނަވަރު ކަންތައްތައްތައް ކުރެވިފައިވާނެއެވެ. އަދި ކޮންމެވެސް ގޮތަކުން އެންމެ ގާތް މީހުންނަށް ނަމަވެސް އެނގިއްޖެނަމަ ލަދުގަންނާނެ ކަންކަންވެސް ކުރެވިފައިވާނެއެވެ.
އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ތިބާވުނަށް ކުރެވުނު ކަންކަން ތިބާއަށް އެނގޭނެއެވެ. އަދި އެކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. މަލާއިކަތުންވަނީ ފަތުގައި ލިޔުއްވަވައިފައެވެ. ތިބާ ތައުބާވެއްޖެއެވެ. ތިބާ މަސައްކަތްކުރަނީ ފާފައެއް އިތުރަށް ނުކުރުމަށެވެ. އެހެންކަމަށްވާނަމަ ކުރިން ކުރެވިފައިވީ އެއްވެސް ކަމަކަށް ކަންބޮޑުނުވާށެވެ! ތބާއަށް ކުރިއަށް އެދެވެނީ ދާންވީ މިޞްރާބަށެވެ.
ބައެއް ޒާތުގެ ފާފަކުރަން ދެވިހިފާފައި ތިބޭ ބައަކުވެސް އުޅޭނެއެވެ. ހުއްޓާލަން މަސައްކަތްކުރިނަމަވެސް ކުއްލިއަކަށް ހުއްޓައިލުމުގެ ކުޅަދާނަކަން ލިބިފައިނެތް ބައަކުވެސް އުޅޭނެއެވެ. އެމީހުންނަށް ބުނަންއޮތީ އެހެންވިޔަސް މާޔޫސްނުވާށެވެ! ފާފަކުރުން ހުއްޓާލަން މަސައްކަތްކުރަމުން ގެންދާށެވެ! އިޚްލާޞްތެރިނިޔަތެއްގައި އެމަސައްކަތްކުރާނަމަ ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން