ފައިސާގެ ދަހިވެތިކަމުގަ ނަމަވެސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުން ޢާންމުވެއްޖެނަމަ ޢާންމުވެގެންވާ ކޯފާއެއްގެ ބިރު ބޮޑުކަން ޤުރްއާނާ ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 41ސ
ފައިސާގެ ދަހިވެތިކަމުގަ ނަމަވެސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުން ޢާންމުވެއްޖެނަމަ ޢާންމުވެގެންވާ ކޯފާއެއްގެ ބިރު ބޮޑުކަން ޤުރްއާނާ ޙަދީޘުން

ގިނަބައެއްގެ ކަލާނގެއަކީ ފައިށާކަމަށްވެއްޖެއެވެ. މިހެން ބުނަން މިޖެހެނީ ފައިށާގެ ދަހިވެތިކަން ބޮޑުވެ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުމާއި ފެތުރުން ޢާންމުވެފައިވާތީއެވެ. އެކަންކަމުގެ ވާހަކަ ދައްކަންވެސް ގިނަ ބައަކު ފަސްޖެހޭތީއެވެ.  

ތަނެއް ފަސާދަކޮށް ﷲ ތަޢާލާގެ އެންގެވުންތަކާއި ދުރަށް ޖައްސުވަން ބޭނުންކުރާ އެންމެ ވަރުގަދަ އެއް އުކުޅަކީ އެކަމެއް ކުރުމުން ލިބޭ ފައިސާއަށް މީސްތަކުން ދަހިވެތިކުރުވުމެވެ. ފައިސާ ލިބެން ފެށުމުން ޙަރާމް ޙަލާލާއިމެދު ވިސްނާނީ މަދުބައަކު ކަމުގައިވާތީއެވެ.  

ﷲ  ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރުން ޢާންކުރާނަމަ ޢާނުމުވެގެންވާ ކޯފާއެއް މީސްތަކުންގެ މައްޗަށް ފޮނުއްވަވައިފާނެ ކަމުގެ ބިރު އިންތިހާއަށް އެބައޮތެވެ.   

މަސްޖިދުއްނަބަވީގައި ޚުޠުބާ ދެއްވަމުން الشيخ عبد الله بن عبد الرحمن البعيجانحفظه الله

ވިދާޅުވެފައިވެއެވެ.  

ފާފަތަކަށް އަރައި ނުގަންނާށެވެ. އަދި ފާފަކުރުމަކީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ. އަދި ފާފަތައް މަދުކުރާށެވެ. ހަމަކަށަވަރުން ފާފަތަކުގެ މުޞީބާތް ބޮޑުވާ އެހެންކަމެއް ވެއެވެ. އެއީ އެކަންކަން ޢާންމުކޮށް ފެތުރި އަދި ހެޔޮކަންކަމަށް އަމުރުކުރުން ނެތި، މުންކަރާތްތައް މަނާކުރުން ހުއްޓުމެވެ. 

އަބޫބަކުރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«إِنَّ النَّاسَ إِذَا رَأَوْا الْمُنْكَرَ فَلَمْ يُغيِّرُوهُ، أَوْشَكَ أَنْ يَعُمَّهُمُ اللهُ بِعِقَابِهِ» [رواه أحمد وصححه الألباني  

މާނައީ: "ހަމަކަށަވަރުން މީސްތަކުންނަށް މުންކަރާތެއް ފެނުމުން އެކަން މަނާނުކޮށްފި ކަމުގައިވާނަމަ، އެބައިމީހުންގެ މައްޗަށް އާއްމުވެގެންވާ ޢުޤޫބާތެއް ﷲ ގެ ޙަޟްރަތުން އައުން ކައިރިވެގެންވެއެވެ"  

އަބޫ މަސްޢޫދު އަލްއަންޞާރިއްޔު، ހުޛާއިފާ رضي الله عنه ގެ އަރިހަށް ވަދެވަޑައިގެންނެވިއެވެ. އަދި ދެންނެވިއެވެ. "އޭ އަބޫ ޢަބްދުﷲއެވެ. ތިމަންމެންނަށް ވަޞިއްޔަތްކޮށްދެއްވާށެވެ." 

ފަހެ، ޙުޛައިފާގެފާނު ވިދާޅުވިއެވެ. "ތިބާގެ ގާތަށް ޔަޤީން ނާދޭހެއްޔެވެ؟!"  

އެކަލޭގެފާނު ދެންނެވިއެވެ. "ތިމަންކަލޭގެފާނުގެ ވެރިރައްބުގެ ޢިއްޒަތް ގަންދެއްވާ ވިދާޅުވަމެވެ. އާދޭހެވެ. " 

ޙުޛައިފާގެފާނު ވިދާޅުވިއެވެ. "ފަހެ ދަންނާށެވެ. ހުރިހާވެސް މަގުފުރެދުމަކީ އިއްޔެ މުންކަރެއްކަމުގައި ދެކުނު ކަންތައް (އިތުރު ދިރާސާކުރުމަކާ ނުލާ ނުވަތަ އިތުރު ދަލީލެއް ނުފެނި) މިއަދު ހެޔޮކަމެއްކަމުގައި ދެކުމެވެ. އަދި އިއްޔެ ހެޔޮކަމެއްކަމުގައި ދެކުނު ކަންތައް (އިތުރު ދިރާސާކުރުމަކާ ނުލާ ނުވަތަ އިތުރު ދަލީލެއް ނުފެނި) މިއަދު މުންކަރާތެއްކަމުގައި ދެކުމެވެ. އަދި އަބަދު ޙާލަތު ބަދަލުވުމުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައިވަނީ އެންމެ ދީނެކެވެ"  

﴿لُعِنَ الَّذِينَ كَفَرُوا مِنْ بَنِي إِسْرَائِيلَ عَلَى لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ذَلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ [78] كَانُوا لَا يَتَنَاهَوْنَ عَنْ مُنْكَرٍ فَعَلُوهُ لَبِئْسَ مَا كَانُوا يَفْعَلُونَ [79] [المائدة: 78، 79] 

މާނައީ: "އިސްރާއީލުގެ ދަރިންގެ ތެރެއިން، ކާފިރުވި މީހުންނަށް، ދާވޫދުގެފާނާއި، މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައިވެއެވެ. އެއީ އެބައިމީހުން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެބައިމީހުން ވީކަމަށްޓަކައެވެ. [78] އެބައިމީހުންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެއެވެ. އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ! [79]" 

الله ގެ އަޅުތަކުންނޭވެހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް މަނާކުރުމަކީ މުޙައްމަދު صلى الله عليه وسلم ގެ އުންމަތުގެ ޞިފައެކެވެ. އެއީ މުޞީބާތްތަކަށްވާ އަމާން ކަމެކެވެ. އަދި ޢަދުއްވުންނާއި މޮޔައިންގެ ކިބައިންވާ ރައްކާތެރިކަމެކެވެ. ﷲ ތަޢާލާ އެކަމަށް އަމުރުކުރައްވާފައިވެއެވެ. އަދި އެކަމަށް ބާރުއަޅުއްވާ ވަޙީކުރެއްވިއެވެ.  

﴿وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ الْمُفْلِحُونَ﴾ [آل عمران: 104] 

މާނައީ: "ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެބައިމީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ" 

އޭ މުޙައްމަދު صلى الله عليه وسلم ގެ އުންމަތުގެ މީހުންނޭވެ. ހެޔޮކަންކަމުން، ހެޔޮކަންތައްތަކަށް އަމުރުކުރާށެވެ. އަދި ހެޔޮކަންކަމުން، މުންކަރާތްތައް ނަހީކުރާށެވެ. އަދި ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ފަހެ އޭނާގެ އަތުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާ، ފަހެ އޭނާގެ ދުލުން އެކަން މަނާކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާ، ފަހެ އޭނާގެ ހިތުން އެކަން މަނާކުރާހުށިކަމެވެ. އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ.

 

މާލެ ސިޓީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި މުންކަރާތްތައް ޢާންމުކުރަމުން އެގެންދަނީ މިއިން އެއްވެސް ކަމަކަށް ބިރެއްބެތިއެވެ. ޖީބަށް ފައިސާ ވަންނަން ފެށުމުން އެކަންކަމާއިމެދު ކަންބޮޑުވާ މީހުން ދަނީ މަދުވަމުންނެވެ.

 

 

 

މިއަދު އޮންލައިން